ނަރުދޫ ސްކޫލުގެ 3 ބުރި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

photo_2021-07-07_21-23-44

ށ.ނަރުދޫ ސްކޫލުގެ 3 ބުރި އިމާރާތުގެ މަސައްކަތް ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރުމުގެ އެގްރީމެންޓުގައި މިއަދު ވަނީ ސޮއި ކުރެވިފާކަމަށް ޕްލޭނިންގެ މިނިސްޓްރީން ހާމަކުރެއްވިއެވެ.

މި މަސައްކަތަކީ ސަރުކާރުގެ ޕީ.އެސް.އައި.ޕީ 2021 ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢެެކެވެ.

މި މަސައްކަތް ހަވާލުކުރެވިގެން ދިޔައީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޔަކާއެވެ.

އެފަރާތުން ށ.ނަރުދޫ ސްކޫލުގެ 3 ބުރި އިމާރާތުގެ މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 9,206,209.56 (ނުވަ މިލިއަން ދުއިސައްތަ ހަހާސް ދުއިސައްތަ ނުވަ ރުފިޔާ ފަންސާސް ހަ ލާރި) އަށް މި މަސައްކަތް 1 އަހަރު ތެރޭގައި ނިންމާގޮތަށް ކަމަށް ޕްލޭނިންގް މިނިސްޓްރީން ހާމަކުރިއެވެ.

މީގެ އިތުރުން މިއަދު ވަނީ ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީސް އަދި 12 ކްލާސްރޫމްގެ މަސައްކަތްވެސް ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށް އެގްރީމެންޓުގައި ސޮއިކުރެވިފައެވެ.

1 އަހަރު ތެރޭގައި ނިންމާގޮތަށް އެފަރާތުން ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އޮފީސް އަދި 12 ކްލާސްރޫމްގެ މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 12,358,084.55 (ބާރަ މިލިއަން ތިންލައްކަ ފަންސާސް އަށްހާސް އަށްޑިހަ ހަތަރު ރުފިޔާ ފަންސާސް ފަސް ލާރި) އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ކިޔުންތެރިންގެ ޚިޔާލުތައް

  1. މިއީ މައްސަލައަކީ… ސްކޫލަށް ކިޔަވަން ދަނީ ޖުމުލަ 100 ހަމަނުވާ ވަރުގެ އާބާދީއެއް. ދެން ކީއްކުރާ 3 ބުރި އިމާރާތެއްބާ؟ މީއީކީ ހަސަދައެއްނޫން ޤައުމަށް ހެޔޮއެދި ކުރި ޝަކުވާއެއް. މިކަހަލަ ޕްރޮޖެކްޓުތަކުން މިހާލަތުގައި ވެސް ކަޓުނަގާ ވެރިން ބައިވަރު.

  2. ކީއްވެބާ ރިޒް ކޮންޕެނީ އާއި ހަވާލުނުކުރީ. ރިޒާ އާއި ހާދަ ވައްތަރު މީހެކޭ ޕޮޓޯގަ ޓައީ އަޅަފަ

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި