ހއ. ދިއްދޫގައި ދަނޑުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިއްދޫ ކައުންސިލުން ނެރުއްވި އިއުލާނެއްގައި ވިދާޅުވީ، އެގްރޯ ނެޝަނަލް ކޯޕަރޭޝަންގެ ފަރާތުން ކާބޯތަކެތި އުފައްދާ، އެތަކެތި ވިއްކުމާއި، މާކެޓް ދެމުންގެންދާ ޚިދުމަތްތައް ރާއްޖޭގައި ފުޅާކުރުމުގެ ގޮތުން، ދަނޑުވެރިކަން ކުރާ ފަރާތްތަކަށާއި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްސަދުގައި ދަނޑުވެރިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތެއް ފެށިގެންދިއަކަަމަށެވެ.

Ad
rt

މިގޮތުން މި މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ކައުންސިލުން ދިއްދޫގައި ދަނޑުވެރިކަން ކުރާ ފަރާތްތަކަށާއި، ދަނޑުވެރިކަން ކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރަޖިސްޓްރީ ވުމުގެ ފުރުޞަތު މިހާރު ހުޅުވާލެވިފައިވާ ވާހަކަ ދިއްދޫ ކައުންސިލުން ވަނީ ދަންނަވާފައެވެ.

ރަޖިސްޓްރީވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މި ހިނގާ ޖުލައި މަހުގެ 21 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

އެގޮތުން، https://forms.gle/k4b9iyxUCvUKCCxi7 މި ލިންކު މެދުވެރިކޮށް ދަނޑުވެރިކަމުގެ ދަފްތަރުގައި ރަޖިސްޓަރ ވުމުގެ ފޯމް ފުރޭނެއެވެ.

މީގެ އިތުރުން، ރަޖިސްޓްރީވުމަށް އެހީތެރިކަން ބޭނުން ފުޅުވާ ފަރާތްތަކަށް، ދިއްދޫ ކައުންސިލްއިދާރާއަށް ދިއުމުން އެހީތެރިކަން ލިބިގެންދާނެކަމަށް އެކައުންސިލުން ވިދާޅުވިއެވެ.