ހދ. ކުޅުދުއްފުށި ސިޓީގައި ބޭސިކް ފަސްޓް އެއިޑް ޓްރޭނިން ސެޝަނެއް ބާއްވާއިފިއެވެ.
މި ސެޝަން ކުރިއަށް ގެންދެވުނީ ކުޅުދެއްފުށި ކޮމިއުނިޓީ ސެންޓަރާއި ހދ ރެޑް ކްރެސެންޓް ބްރާންޗް ގުޅިގެންނެވެ.
ނިމިދިޔަ ހަފްތާގައި ކުރިއަށް ގެންދެވުނު މި އިވެންޓުގައި، ދިރިއުޅުމުގައި ދިމާވާ ސިއްޙީ ކުއްލި ހާލަތްތަކުގައި ކަންކުރަންވީ ގޮތް ދަސްކޮށްދެވިފާވެއެވެ.
"ތިލަދުން" އާ ވާހަކަ ދައްކަވަމުން ރާއްޖޭގެ ޔޫތު މިނިސްޓްރީގެ ޔޫތު އެގްޒެކެޓިވް އަދި ކުޅުދުއްފުށީ ކޮމިއުނިޓީ ސެންޓަރާއި ހަވާލުވެ ހުންނެވި، ޝައުފާ އިބްރާހިމް ވިދާޅުވީ، މި ސެޝަން އަމާޒު ކުރެވުނީ ކުޅުދުއްފުށީގައި ހިންގާ ހުރިހާ މުއައްސަސާތަކުގެ މުވައްޒަފުންނަށް ކަމަށެވެ. އެގޮތުން، އެކި މުއައްސަސާތަކުން ކަނޑައެޅި މުވައްޒަފުންގެ ތެރެއިން ޖުމްލަ 25 ބައިވެރިއަކު މި ޓްރޭނިން ފުރިހަމަކޮށްފާވާކަމަށް ޝައުފާ ވިދާޅުވިއެވެ.

7 ގަޑި އިރަށް ކުރިއަށް ގެންދެވުނު މި ސެޝަނުގެ މަޤްސަދަކީ ކުއްލި ހާލަތެއް ދިމާވާހިނދު އެ އާމެދު ކަންކުރަންވީ ގޮތް ދަސްކޮށްދިނުން ކަމުގައި ޝައުފާ ފާހަގަކުރެއްވިއެވެ.
" ބޭސިކް ފަސްޓް އެއިޑް ކޯސް ހެދުމުން ރެޑް ކްރެސެންޓުން ދޭ ސެޓްފިކެޓް ބައިވެރިވި ފަރާތްތަކަށް ލިބިގެންދާނެ "
އިތުރު މައުލޫމާތު ދެއްވަމުން ޝައުފާ ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރިއަށް އޮތްތާގައި ރެޑް ކްރެސެންޓާއި ގުޅިގެން ކުރިއަށް ގެންދަން ހަމަޖެހިފާވާ މިފަދަ ހަރަކާތްތައް އެބަހުރިކަން ފާހަގަކުރަށްވާ ޝައުފާ ވިދާޅުވީ ފުރަތަމަ މި ފެށުނީ ބޭސިކުން ކަމަށެވެ. އަދި ޖުމްލަކޮށް ގިނަ ބަޔަކަށް ހުޅުވާލައިގެން ކުރިއަށްގެންދެވޭ މިފަދަ ހަރަކާތްތަކެއް ރޭވިފަ ހުރިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ކުޅުދުއްފުށި ކޮމިއުނިޓީ ސެންޓަރުން ވަނީ މިގެކުރިން އެ ސިޓީގައި ފާހަގަ ކޮއްލެވޭ ފަދަ އެވެއާނެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!