ރަމްޒު ސްޕޯރޓްސް އެކަޑާމީން ށ. ނަރުދޫގައި ހިންގި ހޭންޑް ބޯލް ކޭމްޕް ނިންމާލައިފި އެވެ.
އެ ރަށުގެ އަންހެންވެރިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދެވުނު ހޭންޑް ބޯލް ދަސްކޮށްދިނުމުގެ މި ކޭމްޕް ކުރިއަށް ގެންދެވުނީ 7 ދުވަހުގެ މުއްދަތަކަށެވެ.
ރަމްޒު ސްޕޯޓްސް އެކަޑަމީގެ ރައީސް އަލީ ރަމްޒީ "ތިލަދުން" އާ ވާހަކަ ދައްކަމުން ބުނީ، މި ކޭމްޕަށް ގެނެވުނު ކޯޗަކީ ރަށުން ބޭރު ކޯޗެއްކަމަށެވެ. އަދި މި ކޭމްޕް އަކީ އެ އަކަޑަމީން މުޅިން ހިލޭ ކުރިއަށް ގެންދިޔަ ކޭމްޕެއްކަން އޭނާ ފާހަގަކުރިއެވެ.
މީގެ އިތުރުން، މި ކޭމްޕުގައި ޖުމްލަ 30 އަންހެނުން ބައިވެރިވެފާވާކަމަށްވެސް ރަމްޒީ މައުލޫމާތުދިނެވެ.
އަދި ނަރުދޫއަކީ މީގެ ކުރިން ހަމައެކަނި ފިރިހެނުންނަށް ޚާއްސަކޮށް ފުޓުބޯޅަ ކުޅެމުންއާއި ރަށެއްކަމަށާއި އަންހެންވެރިންނަށް ޚާއްސަ ކުޅިވަރެއް ނޯންނަކަން ފާހަގަކުރައްވާ ރަމްޒީ ބުނީ، މި ކޭމްޕުގެ ސަބަބުން އެ ރަށުގައި އަންހެންވެރިންނަށް ޚާއްސަ ކުޅިވަރެއް އުފެދިގެންދާނެކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!