ށ. ފޯކައިދޫއިން އިން ނެގުނު ރޭންޑަމް ސާމްޕަލް އެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެ ރަށު ކައުންސިލުން މިރޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވަނީ، ރޭންޑަމް ސާމްޕަލް އެއް ޕޮޒިޓިވް ވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ޒަރޫރީ ބޭނުން ތަކަށް ފިޔަވާ ބޭރަށް ނިކުމެ ނޫޅުމަށް އިލްތިމާސް ކުރައްވާފައެވެ.

Ad
rt

އަދި ރަށުން ފުރައިގެން ކޮންމެހެންތާކަށް ދާންޖެހިއްޖަނަމަ، އެ ކައުންސިލުގެ ހުއްދަ ލިބިގެންނޫނީ އެއްވެސް ތާކަށް ނުދިއުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

މީގެ އިތުރުން، މާސްކު އެޅުމާއި އާންމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެކައުންސިލުން ވަނީ އެދިލައްވާފައެވެ.

އަދި ފޯކައިދޫ ހެލްތު ސެންޓަރުންވެސް ވަނީ ޓްރޭސިންގެ މަސައްކަތް ނިމެންދެން އެއްވެސް ޒަރޫރީ ބޭނުމެއްނެތި ބޭރަށް ނުދިއުމަށް އިލްތިމާސްކުރަށްވާފައެވެ.