ށ އަތޮޅު ހޮސްޕިޓަލުގައި ނަރުހުންގެ އައު ޔުނީފޯމެއް ތައާރަފްކޮށްފިއެވެ.

އައު ޔުނީފޯމު ތައާރަފް ކުރުމާއި ގުޅޭގޮތުން އެ ހޮސްޕިޓަލުން ވިދާޅުވެފައި ވަނީ، މި ފަހަރު އަލަށް ތައާރަފް ކުރެވުނު މި ޔުނީފޯމްތަކަކީ ލާން ފަސޭހަ އަދި ބަލާލަން އެހާމެ ލޮލަށް ފަސޭހަ ޔުނީފޯމްތަކެއްކަމަށެވެ.

Ad
rt

މީގެ އިތުރުން، މި ޔުނީފޯމްގެ ސަބަބުން ވަޒީފާގެ ޝަހުސިއްޔަތާއި އަމިއްލަ ޝަހުސިއްޔަތު މަތިވެ ނަރުހުންގެ ފެންވަރު ރަނގަޅު ޚިދުމަތަކަށް މަގުފަހިވެގެންދާނެކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

މީގެއިތުރުން މިފަދަ ބަދަލުތައް ގެނެސް ހޮސްޕިޓަލްގެ މަސައްކަތާއި އެތަނުން ފޯރުކޮށްދެވޭ ޚިދުމަތް ރަނގަޅު ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

ށ. އަތޮޅު ހޮސްޕިޓަލްގެ ނަރުހުން އައު ޔުނީފޯމެއް ބޭނުންކުރަން ފެށިއިރު، އެ ހޮސްޕިޓަލުން އަންނަނީ އެ ތަނުންދޭ ޚިދުމަތްތައް ފުޅާކޮށް، ކާމިޔާބު އޮޕަރޭޝަންތަކެއް ވެސް ކުރަމުންނެވެ.

މިދިޔަ ބުދަ ދުވަހު އެ ހޮސްޕިޓަލްގައި ވަނީ ކަށީގެ ބަލިތަކަށް ވެސް ދެއްކޭނެ ޚިދުމަތް ތައާރަފްކޮށް އިތުރު ހަރުފަތަކަށް ކުރިއަށް ޖެހިލާފައެވެ.

ޒޯން 1 ގައި ގާއިމުކޮށްފައި ހުންނަ ކޯވިޑް މެނޭޖްމަންޓް ސެންޓަރު އެ ހޮސްޕިޓަލްގައި ހުންނައިރު، އެ ހޮސްޕިޓަލުން އަންނަނީ ކޯވިޑާއިގުޅިގެން ދިމާވާކަންކަން ވެސް ރަނގަޅަށް މެނޭޖުކޮށް ބަލަހައްޓަމުންނެވެ.