Skip to main content

އަޙްމަދު އަރުޝަމް

Viewer
🇲🇻 ތިލަދުން Desk
328 Stories
19 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު އަރުޝަމް

ފީވަކުން އިތުރު 3 މީހަކު ޕޮޒިޓިވްވެއްޖެ
Thiladhunmathi News

ފީވަކުން އިތުރު 3 މީހަކު ޕޮޒިޓިވްވެއްޖެ

ށ. ފީވަކުން އިތުރު 3 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ފީވަކުން ނެގުނު ރެންޑަމް ސާމްޕަލްތަކުން 3 ސާމްޕަލްއެއް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް މިހާރު ވަނީ މޮނިޓަރިންއަށް ލާފައެވެ. އެ ރަށު ސިއްޙީ މަރުކަޒުން އާންމު ކުރެއްވި ގޮތުގައި މިއަދު ޕޮޒިޓިވްވި 3 ސާމްޕަލް އަކީ މިމަހު 1 ވަނަ ދުވަހު ނެގުނު ސާމްޕަލް ތަކެއްކަމަށެވެ. އަދި ފީވަކުން ޕޮޒިޓިވްވި ފަރާތްތަކުގެ ތެރެއިން އެކަކު، އިތުރު […]

އިމްތިހާން ނަހަދައި، 25 ގައުމެއްގެ މީހުންނަށް ދާއިމީ ލައިސެންސް ދޫކުރާނެ
Raajje

އިމްތިހާން ނަހަދައި، 25 ގައުމެއްގެ މީހުންނަށް ދާއިމީ ލައިސެންސް ދޫކުރާނެ

އިމްތިހާން ހެދުމަކާއި ނުލައި ދާއިމީ ލައިސެންސް ދޫކުރުމަށް ހަމަޖެހިފައިވާ ޤައުމުތަކުގެ ލިސްޓް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އިން އާންމުކޮށްފި އެވެ. އެ މިނިސްޓްރީން އިއްޔެ ކުރެއްވި އިއުލާނެއްގައި ވިދާޅުވީ ދިވެހި ރާއްޖޭގެ ޤާނޫނުލްއުޤޫބާތުގެ އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަލަށް ގެނައި އިސްލާހާއެކު އެ މިނިސްޓްރީ ޤަބޫލުކުރާ ޤައުމުތަކުން ދޫކޮށްފައިވާ ޞައްޙަ ލައިސެންސެއް އޮތް މީހުންނަށް، އެ ޤާނޫނުގައި ބަޔާންކުރާ އިމްތިހާން ހެދުމަކައި ނުލާ ދާއިމީ ލައިސެންސް ދޫކުރެވޭނެ ކަމަށެވެ....

މާލޭގެ މަގުތަކުގައި ބޭނުންނުކުރެވޭ ހާލަތުގައި ހުރި އެއްގަމު އުޅަނދުތައް ނަގަންފަށައިފި
Raajje

މާލޭގެ މަގުތަކުގައި ބޭނުންނުކުރެވޭ ހާލަތުގައި ހުރި އެއްގަމު އުޅަނދުތައް ނަގަންފަށައިފި

މާލޭގެ މަގުތަކުގައި ގިނަ ދުވަސްވެފައިވާ، ހަލާކުވެ ނުދުއްވާ ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފިއެވެ. މާލެ ސިޓީ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ތެރޭގައި އުކާލެވިފައި، ބޭނުން ނުކުރެވޭ ހާލަތުގައި ހުރި އުޅަނދުތައް ނެގުމުގެ ޚާއްޞަ އޮޕެރޭޝަނެއް މިއަދު ފެށިފައިވާ ކަމަށެވެ. އަދި މި އޮޕެރޭޝަން ކުރިއަށް ގެންދަނީ މާލެ ސިޓީ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ކަމަށް ވެސް މުޢިއްޒު ފާހަގަ ކުރެއްވިއެވެ. Male thereygai ukaalaafai, beynun […]

ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތް މިއަހަރުގެ ޑިސެމްބަރުގައި
Raajje

ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތް މިއަހަރުގެ ޑިސެމްބަރުގައި

ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތް ވާޗުއަލް ކޮށް ބޭއްވުމަށް ނިންމައިފިއެވެ. ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ރާއްޖޭގެ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ކޮންމެ އަހަރަކު ބާއްވަމުންގެންދާ މުބާރާާތެކެވެ. މިއަހަރު މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. ވަރޗުއަލް ކޮށް ކުރިއަށް ގެންދާ މި މުބާރާތާއިގުޅޭ ޤަވާޢިދު ކައިރި މުސްތަޤްބަލެއްގައި އިޢުލާންކުރެވޭނެ ކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ވިދާޅުވެއެވެ. ކޮންމެ އަހަރަކު ބޭއްވޭ މި...

އިޔާޟުގެ މަގާމަށް ދާއިމީ މުވައްޒަފަކު ނުނެގުމަށް ޓްރައިބިއުނަލްގެ އަމުރެއް
Raajje

އިޔާޟުގެ މަގާމަށް ދާއިމީ މުވައްޒަފަކު ނުނެގުމަށް ޓްރައިބިއުނަލްގެ އަމުރެއް

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި ޑރ. މުހައްމަދު އިޔާޟު އަބްދުއްލަތީފު އަދާކުރައްވަމުން ގެންދެވި ވަޒީފާއިން ވަކި ކުރި މައްސަލައިގައި ވަކި ގޮތެއް ނިމެންދެން އޭނާ ހުންނެވި މަގާމަށް ދާއިމީ މުވައްޒަފަކު ނުނެގުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެމްއެންޔޫ އަށް އަމުރުކޮށްފިއެވެ. އެމްއެންޔޫގެ އެސިސްޓަންޓް ޕްރޮފެސާގެ މަގާމުގައި ހުންނަވަނިކޮށް ޑރ. އިޔާޟު ވަޒީފާއިން ވަކިކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ. އިޔާޒު ވަޒީފާއިން ވަކިކުރެއްވިއިރު ހުންނެވީ، އެމްއެންޔޫގެ ފެކަލްޓީ...

"މުޝީ" ބްރޭންޑުގެ ތަށި ނުވިއްކުމަށާއި، ބޭނުން ނުކުރުމަށް އަންގައިފި
Raajje

"މުޝީ" ބްރޭންޑުގެ ތަށި ނުވިއްކުމަށާއި، ބޭނުން ނުކުރުމަށް އަންގައިފި

ކުޑަކުދިންނަށް ކާބޯތަކެތި އެޅުމަށް ތައްޔާރުކޮށްފައިވާ “މުޝީ” ބްރޭންޑްގެ “ސިިލިކޯން ސަކްޝަން ޕްލޭޓް” އާއި” ސިލިކޯން ސްނެކް ކަޕް” ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އަންގައިފި އެވެ. އެމްއެފްޑީއޭ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ބްރޭންޑުގެ ތަށިތަކުގެ ރައްކާތެރިކަމާމެދު ސުވާލު އުފެދޭކަމަށާއި އެ ތަށިތަކަށް ކާބޯތަކެތި އެޅުމުން ކާބޯ ތަކެއްޗަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭ ކަމަށެވެ. ރާއްޖެ އަށް “މުޝީ” ބްރޭންޑުގެ ސިިލިކޯން […]

ފީވަކުގެ އެކްޓިވް ކޭސްތަކުގެ އަދަދު 46 އަށް
Thiladhunmathi News

ފީވަކުގެ އެކްޓިވް ކޭސްތަކުގެ އަދަދު 46 އަށް

ށ. ފީވަކުން ކޯވިޑް-19 އަށް ޕޮޒިޓިވް މީހުންގެ އެކްޓިވް ކޭސްތަކުގެ ޖުމްލަ 46 އަކަށް އަރައިފިއެވެ. މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ފީވަކުން ނެގުނު ރެންޑަމް ސާމްޕަލްތަކުން 3 ސާމްޕަލްއެއް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް މިހާރު ވަނީ މޮނިޓަރިންއަށް ލާފައެވެ. އެރަށުން ޕޮޒިޓިވްވި ފަރާތްތަކުގެ ކޮންޓެކްޓުން ކަމަށް ބެލެވިގެން، އެ ފަރާތްތަކުގެ ސާމްޕަލްތަކާއި އެކު ފީވަކުން މިހާތަނަށް ޖުމްލަ 107 ސާމްޕަލްއެއް ވަނީ ނެގިފައެވެ. އޭގެ ތެރެއިން 46 މީހުން ޕޮޒިޓިވް ވިއިރު […]

ކަސްޓަމްސް އިން 11100 ލީޓަރުގެ ބަނގުއާވި ނައްތާލައިިިފި
Raajje

ކަސްޓަމްސް އިން 11100 ލީޓަރުގެ ބަނގުއާވި ނައްތާލައިިިފި

މޯލްޑިވްސް ކަސްޓަމްސްގެ ބެލުގެ ދަށުގައި ހުރި 11100 ލީޓަރުގެ ބަނގުއާވި ނައްތާލައިފި އެވެ. ކަސްޓަމްސް އިން ހާމަކުރެއްވި ގޮތުގައި މި ތަކެތި ނައްތާލާފައިވަނީ މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު ކަމަށެވެ. މި ތަކެތި ނައްތާލެވިފައިވަނީ ކަސްޓަމްސް އޮފިސަރުންނާއި އަދި މީޑިއާގެ ހާޒިރުގައި، ތިލަފުށީ ކުނި ނައްތާލާ ސަރަހައްދުގައި އެވެ. މިގޮތުން 370 ކެގްސް ގައި ބަންދު ކުރެވިފައި ހުރި 11100 ލީޓަރުގެ ބަނގުއާވި ނައްތާލެވިފައިވާ ކަމަށާއި މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 269 ވަނަ […]

ސެޕްޓެމްބަރު 1 އިން ފެށިގެން ސްކޫލްތަކަށް ވަދެ ނުކުމެވޭނީ ދެ ޑޯޒު ޖަހާފައިވާ މީހުންނަށް އެކަނި
Raajje

ސެޕްޓެމްބަރު 1 އިން ފެށިގެން ސްކޫލްތަކަށް ވަދެ ނުކުމެވޭނީ ދެ ޑޯޒު ޖަހާފައިވާ މީހުންނަށް އެކަނި

އަންނަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސްކޫލްތަކަށް ވަދެ ނުކުމެވޭނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ދެވޭ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން (އެމްއޯއީ) އިން ވިދާޅުވެއްޖެ އެވެ. އެމްއޯއީން މިފަދައިން ވިދާޅުވީ މިއަދު އެ މިނިސްޓްރީން ނެރުއްވި އިއުލާނެއްގައެވެ. މިކަން މިގޮތަށް ކުރައްވަން ނިންމެވީ ދަރިވަރުންގެ ކިޔެވުން ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށާއި، ކޯވިޑް-19އިން ރައްކާތެރިވުމަށް ސްކޫލުތަކުގައި އަޅާފައިވާ ފިޔަވ...

މުވައްޒަފަކަށް އަނިޔާވިގޮތް އެމްޕީއެލްއިން ސާފުކޮށްދީފި
Raajje

މުވައްޒަފަކަށް އަނިޔާވިގޮތް އެމްޕީއެލްއިން ސާފުކޮށްދީފި

މުވައްޒަފަކަށް އަނިޔާވިގޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ސާފުކޮށްދީފިއެވެ. ކޮންޓެއިނަރުތަކެއް މަތިން ވެއްޓި އެމްޕީއެލްގެ މަޖޫރީއަކަށް އަނިޔާވެއްޖެ ކަމަށް ބައެއް މީޑިއާތަކުގައި ކުރި ރިޕޯޓާއި ގުޅިގެން އެމްޕީއެލްއިން ވިދާޅުވީ، އަނިޔާ ވެފައި ވަނީ އެތަނުގެ މުވައްޒަފަކަށް ކަމަށާއި، އެ ހާދިސާ ހިނގީ ރޭ އިރުއޮއްސި 18:20 ހާއިރު ކަމަށެވެ. އެ މުވައްޒަފު ވެއްޓުނީ ދެ ބަރިއަށް ޖަހާފައި ހުރި ކޮންޓެއިނަރުތަކެއްގެ މަތިން ތިން ބަރިއަށް ޖަހާފައި ހުރި ކޮންޓެއިނަރުތަކެއްގެ މައްޗަށް ހަރުގަނޑެއް ބޭނުންކޮ...

ފީވަކުން ނެގި 3 ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވެއްޖެ
Thiladhunmathi News

ފީވަކުން ނެގި 3 ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވެއްޖެ

ށ. ފީވަކުން ރޭ ނެގުުނު 3 ރޭންޑަމް ސާމްޕަލް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިކަމާ ގުޅިގެން އެ ރަށު ކައުންސިލުން ވަނީ މިއަދުން ފެށިގެން އެ ރަށުގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލުމަށް ނިންމާފައެވެ. އަދި ކެފޭ ރެސްޓޯރެންޓް ހޮޓާ ފަދަ ތަންތަނުން ޚިދުމަތް ދިނުން ހުއްޓާލުމަށްވެސް އެ ކައުންސިލުން ވަނީ އަންގާފައެވެ. މީހުން އެއްވެ އުޅޭ އެއްވެސް ހަރަކާތެއް މިދުވަސްވަރު ނުހިންގުމަށް އަންގާފާވާއިރު، ރޯގާ އަދި ހުމުގެ އަލާމާތެއް ހުރި ފަރާތްތަކުން ގޭގައި މަޑުކޮށްދެއްވުމަށް ފީވަކު […]

ކުޅުދުއްފުށިން އިތުރު 4 މީހަކު ޕޮޒިޓިވް ވެއްޖެ
Thiladhunmathi News

ކުޅުދުއްފުށިން އިތުރު 4 މީހަކު ޕޮޒިޓިވް ވެއްޖެ

ކުޅުދުއްފުށި ސިޓީން އިތުރު 4 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިމަހުގެ 24 ވަނަ ދުވަހު ކޭއާރުއެޗުގެ ފުލޫ އޯޕީޑީއަށް ދެއްކި 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވްވުމާއި ގުޅިގެން ނެގުނު ސާމްޕަލް ތަކަކާއި ފުލޫ އޯޕީޑީގެ އިތުރު ސާމްޕަލުތަކެއްވެސް މިހާތަނަށް ވަނީ ޕޮޒިޓިވްވެފައި އެވެ. ކޭއާރްއެޗް އިން ހާމަކުރެއްވި ގޮތުގައި މިއަދު ޕޮޒިޓިވްވި 4 މީހަކީ 24 ވަނަ ދުވަހުގެ ކޭސް އާއި ޑައިރެކްޓް ކޮންޓެކްޓުންނެވެ. މިއަދު ޕޮޒިޓިވްވި ކޭސް ތަކާއިއެކު އެ ސިޓީން […]

އޮސްޓްރޭލިއާއިން ރާއްޖެއަށް 3.5 ޓަނުގެ ޕީޕީއީ ހަދިޔާ ކޮށްފި
Raajje

އޮސްޓްރޭލިއާއިން ރާއްޖެއަށް 3.5 ޓަނުގެ ޕީޕީއީ ހަދިޔާ ކޮށްފި

އޮސްޓްރޭލިއާ އިން ދިވެހިރާއްޖެއަށް 3.5 ޓަނުގެ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓްސް (ޕީ.ޕީ.އީ) ހަދިޔާ ކޮށްފިއެވެ. އޮސްޓްރޭލިއާ އިން ރާއްޖެ އާއި ސްރީލަންކާ އަށް ކަނޑައަޅާފައިވާ ހައިކޮމިޝަނުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެގައުމުގެ ސަރުކާރުން ދިވެހިރާއްޖެއަށް 3.5 ޕީ.ޕީ.އީ ހަދިޔާ ކޮށްފައިވާނެ ކަމަށެވެ. ކޯވިޑް ހާލަތުން ރާއްޖެ އަރައިގަތުމަށް ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އެގައުމުން މިހާތަނަށް ރާއްޖެ އަށް ވެދިން އެހީގެ ޖުމްލަ މިހާރު ގާތްގަނޑަކަށް 9 މިލިއަން ރުފިޔާ އަށް އަރާނެކަމަށް ކަމަށ...

ކުޅުދުއްފުށިން އިތުރު 7 މީހަކު ޕޮޒިޓިވްވެ، އަދަދު 20 އަށް
News

ކުޅުދުއްފުށިން އިތުރު 7 މީހަކު ޕޮޒިޓިވްވެ، އަދަދު 20 އަށް

ކުޅުދުއްފުށި ސިޓީން އިތުރު 7 މީހަކު ކޮވިޑް-19 ޕޮޒިޓިވްވެ ޖުމްލަ އަދަދު 20 އަށް އަރައިފި އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން މަޢުލޫމާތުދެއްވި ގޮތުގައި މިއަދު ޕޮޒިޓިވް ވެފައި ވަނީ ފުލޫ އޯޕީޑީ އަށް ދެއްކި 2 މީހެއްގެ އިތުރުން މިހާތަނަށް ޕޮޒިޓިވް ވީ ފަރާތްތަކުގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ވެފައިވާ 5 މީހެކެވެ. ކޭސްތަކުގެ އަދަދު މަތި ވަމުން ދާއިރު، އެންމެ ބޭފުޅުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް އިލްތިމާސް ކުރާކަމަށާއި ހާއްސަ ގޮތެއްގައި […]

ރައީސް ދުބާއީއަށް ފުރާވަޑައިގެންފި
Raajje

ރައީސް ދުބާއީއަށް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީއަށް ފުރާވަޑައިގެންފި އެވެ. ދުބާއީއަށް ކުރައްވާ ނުރަސްމީ މި ދަތުރުފުޅުގައި ފުރާވަޑައިގެންނެވީ މިއަދުގެ ވަގުތެއްގައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 31 ވާ ހޮނިހިރު ދުވަހުގައެވެ. މިދިޔަ އީދު ދުވަހު ރައީސް ގެ ދެކަނބަލުން ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާ އަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ގޮތާބަޔާ ރާ...