މާލޭގެ މަގުތަކުގައި ގިނަ ދުވަސްވެފައިވާ، ހަލާކުވެ ނުދުއްވާ ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

މާލެ ސިޓީ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ތެރޭގައި އުކާލެވިފައި، ބޭނުން ނުކުރެވޭ ހާލަތުގައި ހުރި އުޅަނދުތައް ނެގުމުގެ ޚާއްޞަ އޮޕެރޭޝަނެއް މިއަދު ފެށިފައިވާ ކަމަށެވެ.

Ad
rt

އަދި މި އޮޕެރޭޝަން ކުރިއަށް ގެންދަނީ މާލެ ސިޓީ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ކަމަށް ވެސް މުޢިއްޒު ފާހަގަ ކުރެއްވިއެވެ.

މާލޭ ސިޓީގެ މަގުމަތީގައި ހިނގާބިނގާވެއުޅޭ ފަރާތްތަކަށާއި ވެހިކަލް ދުއްވާ ފަރާތްތަކަށް ދަތިވާގޮތަށް ބަހައްޓާފައި ހުންނަ މިފަދަ އުޅަނދުތައް ނެގުމަށް ހަމަޖެހިފައިވާ ކަން މާލެ ސިޓީ ކައުންސިލުން ހުސްވި ޖުލައި މަހުގެ 31 ވަނަ ދުވަހު ވަނީ އާންމުކޮށް އަންގާފާވެއެވެ.

މީގެ އިތުރުން، އެފަދަ ގޮތްގޮތަށް ހުރި ވެހިކަލްތައް އެ ވެހިކަލްތަކުގެ ވެރިފަރާތުން ނެގުމަށް ވެސް އެ ކައުންސިލުން މީގެ ކުރިން ވަނީ އަންގާފައެވެ.