ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީއަށް ފުރާވަޑައިގެންފި އެވެ.

ދުބާއީއަށް ކުރައްވާ ނުރަސްމީ މި ދަތުރުފުޅުގައި ފުރާވަޑައިގެންނެވީ މިއަދުގެ ވަގުތެއްގައެވެ.

Ad
rt

އެމަނިކުފާނުގެ މި ދަތުރުފުޅު ނިންމަވާލައްވައި އެނބުރި ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 31 ވާ ހޮނިހިރު ދުވަހުގައެވެ.

މިދިޔަ އީދު ދުވަހު ރައީސް ގެ ދެކަނބަލުން ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާ އަށް ވަޑައިގެންފައެވެ.

މި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ވަނީ ކުރައްވާފައެވެ.