އޮސްޓްރޭލިއާ އިން ދިވެހިރާއްޖެއަށް 3.5 ޓަނުގެ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓްސް (ޕީ.ޕީ.އީ) ހަދިޔާ ކޮށްފިއެވެ.
އޮސްޓްރޭލިއާ އިން ރާއްޖެ އާއި ސްރީލަންކާ އަށް ކަނޑައަޅާފައިވާ ހައިކޮމިޝަނުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެގައުމުގެ ސަރުކާރުން ދިވެހިރާއްޖެއަށް 3.5 ޕީ.ޕީ.އީ ހަދިޔާ ކޮށްފައިވާނެ ކަމަށެވެ.
ކޯވިޑް ހާލަތުން ރާއްޖެ އަރައިގަތުމަށް ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އެގައުމުން މިހާތަނަށް ރާއްޖެ އަށް ވެދިން އެހީގެ ޖުމްލަ މިހާރު ގާތްގަނޑަކަށް 9 މިލިއަން ރުފިޔާ އަށް އަރާނެކަމަށް ކަމަށް ވެސް އެ ޓްވީޓްގައި ބުނެފަވެއެވެ.
އޭގެތެރޭގައި، ޕީޕީއީ ހަދިޔާކުރުމާއި، ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކުގެ ކެޕޭސިޓީ ބިލްޑް ކުރުމުގެ އިތުރުން ރާއްޖޭގެ ކަނބަލުންމަށް އެހީތެރި ވެވިފައިވާކަން ވެސް އެ ޓްވީޓްގައި ފާހަގަކޮށްފައި ވެއެވެ.
މީގެ އިތުރުން، އޮސްޓްރޭލިއާގެ ޑިޕާޓްމެންޓް އޮފް ޑިފެންސްގެ ފަރާތުން މޯލްޑިވްސް ނެޝަނަލް ޑީފެންސް ފޯސް (އެމް.އެން.ޑީ.އެފް) އަށް ކޯވިޑް ބަލީގެ ކޮންޓެކްޓް ޓްރޭސިން އަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ތަކެތި ހަދިޔާކޮށްދެއްވާފައެވެ. އަދި އޮސްޓްރޭލިއާގެ ޑިޕާޓްމެންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްސް ގެ ފަރާތުން ރާއްޖޭގެ ހެލްތު މިނިސްޓްރީ އަށްވެސް އެހީތަކެއް ވެފައިވާކަން އެ ކޮމިޝަނުން ހާމަކުރެއްވިއެވެ.
އޮސްޓްރޭލިއާގެ މި އެހީ އާއި ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރ އަބުދު ﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެ ގައުމުން ރާއްޖެއަށް ދެމުންދާ ގެންދާ އެހީތެރިކަން ހިތުގެ އަޑިން ބަލަައިގަންނަ ކަމަށެވެ.
އަދި މިއަދު ހަދިޔާކުރެއްވި 3.5 ޓަނުގެ ޕީޕީއީ ގެ ސަބަބުން ކޯވިޑްގެ ވައިރަސް ދެނެގަތުމަށާއި ބަލި އިތުރަށް ފެތުރުނަ ނުދީ ރައްކާތެރިވުމަށް ރާއްޖޭގެ ގާބިލުކަން އިތުރު ވެގެން ދާނެކަމަށްވެސް ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!