ސެޕްޓެމްބަރު 1 އިން ފެށިގެން ސްކޫލްތަކަށް ވަދެ ނުކުމެވޭނީ ދެ ޑޯޒު ޖަހާފައިވާ މީހުންނަށް އެކަނި

maldivwes schools

އަންނަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސްކޫލްތަކަށް ވަދެ ނުކުމެވޭނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ދެވޭ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން (އެމްއޯއީ) އިން ވިދާޅުވެއްޖެ އެވެ.

އެމްއޯއީން މިފަދައިން ވިދާޅުވީ މިއަދު އެ މިނިސްޓްރީން ނެރުއްވި އިއުލާނެއްގައެވެ.

މިކަން މިގޮތަށް ކުރައްވަން ނިންމެވީ ދަރިވަރުންގެ ކިޔެވުން ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށާއި، ކޯވިޑް-19އިން ރައްކާތެރިވުމަށް ސްކޫލުތަކުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކަމަށް އެމްއޯއީން ވިދާޅުވިއެވެ.

އަދި ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި، ހުރިހާ ފަރާތްތަކުންވެސް ވެކްސިންގެ ޑޯޒްތައް ވީހާވެސް އަވަހަށް
ފުރިހަމަ ކުރުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވާފައެވެ.

ސްކޫލް ބަންދަންފަހު އާ ދިރާސީ އަހަރުގެ ކިޔެވުން މި މަހުގެ 10 ވަނަ ދުވަހު ފެށޭނެއެވެ.

ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ވާވަރަށް ކޯވިޑް ވެކްސިން މިހާރު ލިބިފައިވާ ކަމަށް ސަރުކާރުން ބުނެފައިވާއިރު، 312،764 މީހަކު މިހާތަނަށް ވަނީ ކޯވިޑްގެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. ދެވަނަ ޑޯޒް ވެސް 264،913 މީހަކު ވަނީ ޖަހާފައެވެ.

ވެރިރަށް މާލޭގައި ކޯވިޑްގެ ޕޮޒިޓިވް ނަންބަރު ދަށްވި ނަމަވެސް، އީދަށް ދިން ލުއިތަކަށް ފަހު އަތޮޅު ތެރޭގެ ނަންބަރު ދަނީ މައްޗަށެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި