ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތް ވާޗުއަލް ކޮށް ބޭއްވުމަށް ނިންމައިފިއެވެ.

ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ރާއްޖޭގެ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ކޮންމެ އަހަރަކު ބާއްވަމުންގެންދާ މުބާރާާތެކެވެ.

Ad
rt

މިއަހަރު މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

ވަރޗުއަލް ކޮށް ކުރިއަށް ގެންދާ މި މުބާރާތާއިގުޅޭ ޤަވާޢިދު ކައިރި މުސްތަޤްބަލެއްގައި އިޢުލާންކުރެވޭނެ ކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ވިދާޅުވެއެވެ.

ކޮންމެ އަހަރަކު ބޭއްވޭ މި މުބާރާތުގައި ރާއްޖޭގެ އެކި ރަށްރަށުންނާއި މާލޭ ސްކޫލްތަކުގެ އިތުރުން ގުރުއާން ކްލާސްތަކުގައި ކިޔަވާ ދަރިވަރުން އަންނަނީ ބައިވެރިވަމުންނެވެ.

ކޯވިޑްގެ ހާލަތުގެ ސަބަބުން އެންމެ ފަހުން ބޭއްވި ގައުމީ މުބާރާތް ވެސް ބާއްވާފައި ވަނީ ވާޗުއަލް ކޮށެވެ.