އިޒްރޭލުން ދިން ބޮމުގެ ޙަމަލާގައި ޣައްޒާގެ ތަޖުރިބާކާރު ދެ ޑޮކްޓަރަކު ޝަހީދުވެއްޖެ
އިއްޔެ ހައްދުފަހަނައެޅި އިޒްރޭލުން ދިން ބޮމުގެ ޙަމަލާގައި ޣައްޒާގެ ތަޖުރިބާކާރު ދެ ޑޮކްޓަރަކު ޝަހީދުވެއްޖެއެވެ. ޑޮކްޓަރު މުއުމިން އަޙްމަދު އަލްޢައުލް އަދި ޑޮކްޓަރ އަޙްމަދު އައިމަން އަބޫ އަލްޢައުފް ނިރުބަވެރި އިޒްރޭލުން ދިން ޙަމަލާގައި ޝަހީދުވެފައިވާއިރު މިއީ ޢައްޒާއަށާއި މުޅި ފަލަސްތީނަށްވެސް ލިބުނު ބޮޑު ގެއްލުމެކެވެ. ވަށައިގެން ބަންދުވެފައިވާ ޣައްޒާއަށް ދިމާވެފައިވާ ޞިއްޙީ އެހީގެ ދަތިކަން މިބޮމުގެ ޙަމަލާގެ ސަބަބުން އިތުރު ގޮންޖެހުންތައް ކުރިމަތިވާނެ އެވެ. ޞިއްޙީ މަސައްކަތްތެރިންނާއި ޞިއްޙީ ޖަމި...