ހައްދުފަހަނައެޅި އިޒްރޭލުން ދިން ހަމަލާއެއްގައި ޢައްޒާގެ އެއް އާއިލާއެއްގެ 10 މެމްބަރުން ޝަހީދުކޮށްލައިފި އެވެ.
އައްޒާގެ ރެފިއުޖީ ކޭމްޕަކަށް އަމާޒުކޮށް ދިން މިހަމާލާގައި އެއް އާއިލާއެއްގެ 10 މީހުން އެއް ރެއެއްގައި ޝަހީދުވެފައިވާއިރު މީގެ ތެރޭގައި 5 އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނެއެވެ.
އިޒްރޭލު ސިފައިން މިއީ ހަމާސް އަށް އަމާޒުކޮށް ދެވުނު ހަމަލާއެއް ކަމަށް ބުނެފައިވި ނަމަވެސް ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުނަށް ހަމާލާދިނުމުގެ ދިގު ތާރީހެއްއިޒްރޭލުގެ އޮވެއެވެ.
އަލް ޝަބާބް ހަބަރު އެޖެންސީއިން ރިޕޯޓް ކޮށްފައިވާ ގޮތުން މީ އެ އާއިލާ ރޭގަނޑު ނިދާފައިތިއްބައި ދެވުުނު ހަމަލާއެކެވެ.
"މި އަނިޔާވެރި ދުނިޔެއެއް، އަހަރެމެންނާއި އަހަރެމެންގެ ދަރިން މަރަމުން ގެންދާއިރު އެތިބީ ބަލަން".
މި ހަމަލާގައި ޝަހީދުވި 4 ކުދިންގެ ބައްޕަ އަލް ހަދީދީ އެ ނޫހަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.
ޔަހޫދީން މުޅި ފަލަސްތީނުގައި އާބާދުކޮށް ކޯޓުތަށް މެދުވެރިކޮށް ފަލަސްތީނީންގެ ޒަމާންވީ ގެތައް ޔަހޫދީ އާއިލާތަކަށް ދިނުމަށް އިޒްރޭލުން ކުރިއަށް ގެންދާ ޢައިރު ޤާނޫނީ އަމަލްތަކާ ދެކޮޅަށް ފެށުނު ހަޅުތާލުތައް ބޮޑެތި ކުރިމަތިލުންތަކަށް ބަދަލުވެ މިހާރުމިވަނީ ހަނގުރާމައެއްގެ ކޮޅުމަތި ފެންނަންފަށާއެވެ.

މިހާތަނަށް 150 އަށްވުރެ ގިނަ ފަލަސްތީނީން ޝަހީދުވެ އެތައްހާސް މުސްލިމުން ޒަހަމްވެފައިވާއިރު ހަމާސް ޖަމާޢަތުންވެސް ދަނީ ބަދަލުގައި ވަރުގަދަ ރޮކެޓް އަދި ޑްރޯން ހަމަލާތައް އިޒްރޭލުގެ އެކި ސަރަހައްދުތަކަށް ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!