ފޭސްބުކް ޕޯސްޓެއް ޝެއަރ ކޮށްލައިގެން، ލަގްޒަރީ ސަފާރީއެއްގައި 2 މީހަކަށް ރޯދަވީއްލުމުގެ ފުރުޞަތު މިނޫހުގެ ފަރާތުން މިވަނީ ހުޅުވާލާފަ އެވެ.
މިއީ ހުޅުމާލޭގެ ވޮޑަމުއްލާ ކެފޭ އެންޑް ބިސްޓްރޯގެ ފަރާތުން މިރޯދަމަހާއި ގުޅިގެން ހުޅުވާލާފައިވާ ވަރަށް ހާއްސަ ފުރުޞަތެއްގެ ތެރެއިން މިނޫހުގެ ކިއުންތެރިންނަށް ދީފައިވާ ހާއްސަ ހަދިޔާއެކެވެ.
މި ހާއްސަ ރޯދަވީއްލުން ބޭނުންވާ ފަރާތްތަކުން ގުރުއަތުލުމުގައި ބައިވެރިވާން ބޭނުންވާނަމަ "ތިލަދުން" ގެ ފޭސްބުކް ޕޭޖްއަށް ލައިކް ކުރެއްވުމަށްފަ އޮރިޖިނަލް ޕޯސްޓް އެހެން ފަރާތްތަކާއި (ޕަބްލިކޮށް ފެންނަހެން) ޝެއަރ ކުރައްވާށެވެ. އަދި އިތުރު 3 އެކުވެރިން އޮރިޖިނަލް ޕޯސްޓްގައި ޓެގް ކުރައްވާ ށެވެ.
We are very glad to announce our giveaway promotion for this Ramadan.
One lucky winner will be awarded Iftar (For 2...
Posted by Thiladhun on Thursday, April 29, 2021
ނަސީބުވެރި ފަރާތެއް ހޮވުން އޮންނާނީ މޭ މަހުގެ 5 ވަނަ ދުވަހު އެވެ. އެފަރާތެއް ފޭސްބުކް ޕޭޖްގައި ހިއްސާ ކުރެވިގެން ދާނެ އެވެ.

އިރުއޮއްސޭ ހިތްގައިމު މަންޒަރާއިި އެކު ޖާގަތަނަވަސް އެސަފާރީގައި އެކުވެރިންނާއި އަދި އާއިލާގެ މެންބަރުންނާއި އެކު ހިތްގައިމު ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު މިހާރުވެސް އަންނަނީ ފަހިކޮށްދެމުންނެވެ. ގްރޫޕްތަކަށާއި ކުޑަކުދިންނާއެކު ޢާއިލީ ރޯދަވީއްލުންތަކަށް ޚާއްސަ ޕެޖޭކްތައް ވަނީ ތަޢާރަފްކޮށްފަ އެވެ.

އެދުވަހެއްގައި ސަފާރީގައި ރޯދަވީއްލަން ޕެކޭޖްނަގާ ކަސްޓަމަރުންނާއެކު ހަވީރު 5 ޖަހާކަށްހާއިރު ސަފާރީ ހުޅުމާލޭ ބަނދަރުން ފުރާނެއެވެ. ހަވީރުގެ ހިތްގައިމު އެވަގުތު ކަނޑުން ވީއްލިގެން އަންނަ ތާޒާ ރޯޅިން ހިތް އުފާކޮށްދެމުން އޮއްސެމުންދާ އިރާދިމާއަށްވާނޭހެން ސަފާރީ މަޑު ދުވެލީގައި ދާނީ ދުއްވަމުންނެވެ. ޔަޤީނުންވެސް އެވަގުތު ވެގެންދާނީ ރޯދަވީއްލުމުގެ ބައިވެރިންނަށް އަރާމު، ހިތްގައިމު ވަގުތަކަށެވެ. ނޫކަނޑުގެ ޗާލޫކަމާއި، އިރުގެ ދޯދިން ފަޒާ ނަލަވެފައި އޮންނަ މަންޒަރު އެވަގުތުފެނި ހިތަށް ހާއުފާވެރިކަން ގެނުވާނެއެވެ. މާލޭ ސިޓީގެ ހަލަބޮލިކަމުން ނުކުމެ، އެ ހިތްގައިމުކަން ހޯދަން ނުދާންވީ އެއްވެސް ސަބަބެއް ނެތެވެ.

މިދަތުރު ނިމޭނީ ރޭގަނޑު 8 ޖަހާކަށް ހާއިރުއެވެ. ރޯދަވީއްލުމުގެ ބައިވެރިން ސަފާރީއަށް ގެންދާނީ ހަވީރު 4 ޖަހާއިރުއެވެ. 4 ގަޑިއިރު އެސަފާރީގައި މަޑުކޮށްލުމުގެ ފުރުޞަތާއި ރޯދަ ވީއްލުން ހިމެނޭ ޕެކޭޖަށް އަންނަނީ ގިނަބަޔެއްގެ މަގުބޫލުކަން ލިބެމުންނެވެ. މި ހިތްގައިމު ދަތުރަށް، ކޮންމެ މީހަކަށް ކަނޑައެޅިފައި ވަނީ ނިސްބަތުން ވަރަށް ކުޑަ އަދަދެކެވެ. އެއީ 550 ރުފިޔާގެ ފީއެކެވެ. މި ފުރުސަތު ބޭނުންވާ ފަރާތްތަކަށް ޖާގަ ބުކް ކުރުމަށާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7651313 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!