ނަޝީދު ޖަލުން މިނިވަންކުރީ 12 މެންބަރުންގެ މަސައްކަތާއެކު، އެކަމަކު ދިނީ ދޯކާ: ލަތީފް
ކުރީގެ ރައީސް، މިހާރުގެ މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ޖަލުން މިނިވަންވީ 12 މެންބަރުންގެ ވެސް މަސައްކަތާއެކު ކަމަށާއި، ނަމަވެސް 12 މެންބަރުންނަށް ނަޝީދު ވެވަޑައިގަތް ވަޢުދާ ވަނީ ޚިލާފުވެ ވަޑައިގެންފައި ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ. ލަތީފް އެ ވިދާޅުވި 12 މެންބަރުންނަކީ ކުރީގެ ސަރުކާރުގެ ދުވަސްވަރު އެ ސަރުކާރުގެ އަނިޔާވެރިކަމާދެކޮޅަށް ކަމަށްބުނެ، އޭރު ވެރިކަމުގައި އޮތް ޕީޕީއެމް ދޫކޮށް އޭރުގެ އިދިކޮޅާއި ގުޅިވަޑައިގަތް 12 މެންބަރުން ކަމަށް ބެލެ...