ކުރީގެ ރައީސް، މިހާރުގެ މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ޖަލުން މިނިވަންވީ 12 މެންބަރުންގެ ވެސް މަސައްކަތާއެކު ކަމަށާއި، ނަމަވެސް 12 މެންބަރުންނަށް ނަޝީދު ވެވަޑައިގަތް ވަޢުދާ ވަނީ ޚިލާފުވެ ވަޑައިގެންފައި ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ލަތީފް އެ ވިދާޅުވި 12 މެންބަރުންނަކީ ކުރީގެ ސަރުކާރުގެ ދުވަސްވަރު އެ ސަރުކާރުގެ އަނިޔާވެރިކަމާދެކޮޅަށް ކަމަށްބުނެ، އޭރު ވެރިކަމުގައި އޮތް ޕީޕީއެމް ދޫކޮށް އޭރުގެ އިދިކޮޅާއި ގުޅިވަޑައިގަތް 12 މެންބަރުން ކަމަށް ބެލެއެވެ.
ލަޠީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2018 ގައި އެމްޑީޕީ ވެރިކަމަށް އައީ ވެސް 12 މެންބަރުންގެ ފޮޓޯ ވިއްކައިގެން ކަމަށެވެ.
"ނަޝީދު ޖަލުން މިނިވަންކުރީވެސް 12 އެމްޕީންގެ މަސައްކަތުން. އެ 12 އެމްޕީންނަށް ދާއިރާގެ މަޖިލިސް ގޮނޑި ދޭނެ ކަމަށް ނަޝީދު ވައުދުވެފައި ފަހުން ކަންތައް ކުރި ގޮތްވެސް މިވަގުތު ހަނދާންކޮށްލުން ރަނގަޅު" ލަޠީފް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަން ފުރޮޅި އާ ސަރުކާރާއެކު ބޯމަތިވި ރައްޔިތުންގެ މަޖިލިސްގެ އިންތިޚާބާއި ދިމާކޮށް 12 މެންބަރުން ހުރިހާ ސިޔާސީ ލީޑަރުންނާއި ބައްދަލު ކުރެއްވިއެވެ. އެއީ އެ ލީޑަރުން ވެވަޑައިގަތް ވަޢުދެއް އެ މެންބަރުންނަށް އޮތްކަމަށް ބުނެއެވެ.
މިބައްދަލުވުންތަކުގެ ތެރެއިން ރައީސް ނަޝީދާއި ބައްދަލުވި ދުވަހު ވިދާޅުވި ބަސްފުޅު މިހާރުވެސް ކަންފަތުގައި ހަރުލާފައި އެބަހުރި ކަމަށް ލަޠީފް ވިދާޅުވިއެވެ.
"ރައީސް ނަޝީދު 12 މެމްބަރުންނާއި އެމްޑީޕީ އޮފީހުގައި ބައްދަލުކުރެއްވި ދުވަހު ވިދާޅުވި، މަޖްލިސްއިންތިޚާބުގެ ޓިކެޓް ނުދެވޭނެ ވާހަކަ މިހާރު ތިމަންމެން ބުނެގެން ނުވާނޭ އެހެން ބުނަންޖެހޭނީ އެންމެ ފުރަތަމަ ދުވަހު ތިބޭފުޅުންނާއި ވާހަކަ ދެއްކި ދުވަހުއޭ! މިހާރު ތިބޭފުޅުންނަށް ލަނޑުދީފިނަމަ ތިމަންގެ މަންމަ އާއި ދަރިންވެސް ތިމަންނައަށް މަލާމާތްކޮށް ފުރައްސާރަ ކުރާނޭ! ތިބޭފުޅުންނަށް ލަނޑު ދިނުމުން މިވަގުތަށް ތިމަންނަމެންނަށް ފައިދާ ވެދާނޭ އެކަމަކު އާޚިރުގައި ލިބޭނީ ބޮޑު ގެއްލުމެކޭ!. މިވާހަކަތައް ރައީސް ނަޝީދު ވިދާޅުވިއިރު އެމްޑީޕީ ގެ ނައިބްރައީސް އާއި ޗެއަރޕާރސަން އާއި ސެކްރެޓަރީ ޖެނެރަލް އާއި ޗެއަރޕާރސަންގެނައި އިދާރީ ވެސް އެ ބައްދަލުވުމުގައި ތިއްބެވި." ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ ކޯލިޝަންގެ ބައެއް ލީޑަރުން 12 މެންބަރުންނަށް ވީ ވަޢުދާއެއްގޮތަށް ޓިކެޓް ދޭން ނިންމެވި ނަމަވެސް، އެ ނިންމެވުމަށް ގޮންޖައްސަވައި، އެކަން "ފަނުފުލުން ދުއްވާލީ" ރައީސް ނަޝީދު ކަމަށެވެ.
ލަޠީފް ހިމެނޭހެން 12 މެންބަރުންނަކީ ވެސް ކުރީސަރުކާރުގެ ދުވަސްވަރު އެ ސަރުކާރު ހިންގި ޕީޕީއެމް ދޫކޮށްލެއްވުމަށްފަހު އޭރުގެ އިދިކޮޅު ހަރަކާތާއި ގުޅިވަޑައިގެން މިހާރު މިއޮތް ސަރުކާރު ގެންނަން ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅުންތަކެކެވެ.
އޭރު ހިނގާދިޔަ ސިޔާސީ ގަޑުބަޑުގައި ލަޠީފް އިތުރުން 12 މެންބަރުންނަށް ނިސްބަތްވާ އިތުރު ބައެއް މެންބަރުން ޖަލަށް ވެސް ލިޔެވެ. އޭގެތެރޭގައި މައްޗަންގޯޅި ދެކުނު ދާއިރާގެ ކުރީގެ މެންބަރު ޢަބުދުﷲ ޝިނާނާއި، ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަޙްމަދާއި، ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ)އާއި، މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އަމީތު އަޙްމަދު މަނިކު ހިމެނިވަޑައި ގަންނަވައެވެ. މީގެތެރެއިން ސިނާނާއި، އިލްހާމް ޖަލުން މިނިވަންވީ އެ ސަރުކާރު ނިމުނުފަހުންނެވެ.
މީގެއިތުރުން އެ 12 މެންބަރުންގެ ގޮނޑިގެއްލިއްޖެކަމަށް ބުނެ 15 ވަރަކަށް މަސްދުވަސްދެން ޒިންމާ އަދާކުރަން ފުރުޞަތު ނުދީ، އިނާޔަތާއި މުސާރަ ވެސް ހިފެހެއްޓިއެވެ. އެ މެންބަރުން އޭރުވަނީ އޭރު ހިނގާ ދިޔަ މުޒާހަރާތަކުގައި ވެސް އިސް ސަފުގައި މަސައްކަތް ކުރަށްވާފައެވެ.
ރައީސް ޔާމީން ސިޔާސީގޮތުން ބަލިވާންފެށީ ބާރަ މެންބަރުން ހިމެނޭހެން އިތުރު ބައެއް އެހެން މެންބަރުން އޭރުގެ އިދިކޮޅު ހަރަކާތާ ގުޅުމުންކަމަށް އޭރު ގިނަ ބަޔަކު ޤަބޫލު ކުރިއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ބަލަ އެއްފުޅަށް މަތިން ފުންމާލި ބަކަރި އަނެއް ފުޅަށްމަތިން ފުންމާލާނެކަން އެންމެނަށްވެަް އެނގޭ. ތިކަހަލަ ގަމާރުންނާއި ކަމެއް ހަވާލުކުރާނީ އެއަށްވުރެ ގަމާރުން.
ދިށްދޫދާއިރާގެކުރީގެ މެންބަރުގެ ސިޔާސީ އެށްވެސްއޮޓަރެށްނެތެށްނޫތޯ. އަމިށްލަރަސްކުރިމަތިލާގެންނހޮވުން… ކިތަމެރުޅިއަޔަސް އެއީކުރީގެރައީސް މިހާރު މަޖުލިސްރައީސް …. އަރާހަމަނުކރެވޭނެ .ހިގަންފެސިޔަސް ހިޔަނިވާހިސާބަށްވެސްނުދެވޭނެ. ކަލޭމެންއެންމެރަގަޅުވާނީ ވަރަށްއަކުރުބޮޑު މުސްހަފެއްހިފާގެން މިސްކިތުގާކިޔަންތިބިއްޔާމާރަގަޅުވާނެ ..އެކަންވެސްނުވާނެ…….. އަގަމަޑުންލާގެންތިބެބަލަ…….