އައިއޯޓީ ސޮލިއުޝަންތައް ކުރިއެރުވުމުގައި އިސްކޮށް ހަރަކާތްތެރިވާ އުރީދޫ ގްރޫޕުން އައިއޯޓީ ވޯލްޑް އެލަޔަންސްއާ ގުޅިއްޖެއެވެ.
އައިއޯޓީ ވޯލްޑް އެލަޔަންސަކީ ދުނިޔޭގެ އެންމެ ބޮޑު މޮބައިލް ނެޓްވޯކް އޮޕަރޭޓާއެވެ. އުރީދޫއާއެކު ވެވުނު މި އެއްބަސްވުމާއެކު އުރީދޫ އަކީ އައިއޯޓީ ވޯލްޑް އެލަޔަންސްގައި މިވަގުތު މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދު ތަމްސީލުކުރާ ހަމައެކަނި ކުންފުންޏަށް ވަނީ ވެފައެވެ.
ލެކޮމިއުނިކޭޝަން ޕްރޮވައިޑަރުންގެ ގްލޯބަލް ފޯރަމެއްގެ ގޮތުގައި ހަރަކާތްތެރިވާ މި ފޯރަމަކީ އައިއޯޓީ ކަނެކްޓިވިޓީ ޓްރެންޑްތައް ބަލައި، ކަނެކްޓެޑް ޑިވައިސްތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި، ޕާޓްނަރުންނާއި ކަސްޓަމަރުންނާއި އެކު ތަޖުރިބާތަށް ހިއްސާކުރާ ހާއްސަ ފޯރަމެކެވެ. އެލަޔަންސްގެ މެންބަރެއްގެ ހައިސިއްޔަތުން އުރީދޫއަކީ މިހާރު ބައިނަލްއަޤްވާމީ އައިއޯޓީ މަޝްވަރާތަކުގައި ބައިވެރިވާނެ ކުންފުންޏެކެވެ.
އުރީދޫއިން ބުނި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން އެ ކުންފުނީގެ ހިދުމަތް ދޭ މާކެޓް ތަކުގެ ލޯކަލް ގަވައިދުތަކުގެ މައުލޫމާތު އެލަޔަންސްއަށް ފޯރުކޮށްދީ ސަރަހައްދީ މާކެޓުތަކުގައި ހުރި ގޮންޖެހުންތަކާ ކުރިމަތިލުމުގެ ގާބިލްކަން ވަރުގަދަވެގެންދާނެއެވެ. އަދި "އުރީދޫ ސަރަޙައްދު" އަށް ވަންނަ ކަސްޓަމަރުންނަށް މެދުނުކެނޑި ކަނެކްޓިވިޓީ ގެނައުމުގައި އުރީދޫ ގްރޫޕުން އެހެން އޮޕަރޭޓަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އެހެންކަމުން އުރީދޫ އަކީ މިހާރު އައިއޯޓީގެ ހިދުމަތް އާ މާކެޓްތަކަށް ފުޅާކުރަން ބޭނުންވާ އޮޕަރޭޓަރުންގެ މުހިންމު ޕާޓްނަރެކެވެ.
ރާއްޖޭގެ ބާޒާރުގައި އިނޮވޭޝަނާއި އައިއޯޓީ ކަނެކްޓިވިޓީ ކުރިއެރުވުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ދަށުން 2019 ވަނަ އަހަރު އުރީދޫގެ 5ޖީ ނެޓްވޯކް ތައާރަފްކޮށް މިހާރު ވަނީ މާލެ، ހުޅުމާލެ، ވިލިމާލެ އަދި ހުޅުލެ – ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިމެނޭ ގޮތަށް ގްރޭޓާ މާލެ ސަރަހައްދަށް ފުޅާކޮށްފައެވެ. 5ޖީ ނެޓްވޯކް ތައާރަފްކުރުމާއެކު އުރީދޫ މޯލްޑިވްސްއިން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް 5ޖީ ބްރޯޑްބޭންޑް ގެ ޚިދުމަތް - އުރީދޫ 5ޖީ އެއާފައިބާ މެދުވެރިކޮށް ވިޔަފާރިތަކަށާއި ފަރުދުންނަށް 5ޖީގެ ހަލުވި ސްޕީޑްގެ ބޭނުން ހިފުމުގެ ފުރުޞަތު ފަހިކޮށްދީ، މުޖުތަމަޢު އާ ފުރުޞަތުތަކަކާ ގުޅުވާލާފައެވެ.
އުރީދޫ މޯލްޑިވްސްއަކީ އަބަދުވެސް ރާއްޖޭގައި ޑިޖިޓަލް ހިދުމަތްތައް ކުރިއަރުވައި ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމް ކުރުމުގައި މުހިންމު ރޯލެއް އަދާ ކުރާ ކުންފުންޏެކެވެ. މި ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، އުރީދޫއިން ވަނީ ރާއްޖޭގެ ފުރަތަމަ ޓިއާ 3 ސެޓިފިކޭޝަން ރެޑީ ޑޭޓާ ސެންޓަރެއްވެސް ތައާރަފްކޮށްފައެވެ. އަދި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢުގެ ދަށުން ހދ.ކުޅުދުއްފުށީގައި ނެޓްވޯކް ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ރާއްޖޭގައި ދެވަނަ ޑޭޓާ ސެންޓަރެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހައިޕަ ސްކޭލްގެ ޚިދުމަތާއި، ކަނެކްޓިވިޓީ އިތުރުކުރުމުން، މި ތަރައްގީގެ ސަބަބުން ވިޔަފާރިތައް ބާރުވެރިވެ، ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް މަގުފަހިވެ، ރާއްޖޭގެ ޓެކްނޮލޮޖީގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެއެވެ.
އުރީދޫ ގްރޫޕުގެ ޑެޕިއުޓީ ސީއީއޯ ޝެއިޚް މުހައްމަދު ބިން އަބްދުالله އަލް ޘާނީ ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އައިއޯޓީ ތަރައްގީ ގެނައުމަށް އޮޕަރޭޓަރުން އެއްބާރުލުން ވަރަށް މުހިންމު ކަމަށެވެ. އަދި އައިއޯޓީ ވޯލްޑް އެލަޔަންސްއާ ގުޅުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި މާކެޓުތަކުގައި ކާމިޔާބުކަމާއެކު އައިއޯޓީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި މެދުއިރުމައްޗާއި، އުތުރު އެފްރިކާއާއި، ދެކުނުއިރުމަތީ އޭޝިއާގެ ލޯކަލް ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމުގައި، އަޅުގަނޑުމެންގެ ތަޖުރިބާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“އަޅުގަނޑުމެން ގުޅިގެން އިތުރު ގައުމުތަކުގައި ކަނެކްޓެޑް ޑިވައިސްތައް ޑިޕްލޮއިމެންޓް ކުރުން ފަސޭހަކޮށް، އައިއޯޓީ ސޮލިއުޝަންތަކުގެ ފުރިހަމަ ގާބިލުކަން ދުނިޔޭގެ ފެންވަރުގައި ބޭނުންކުރުމަށް ވިޔަފާރިތަކަށް ބާރުދޭނަން." އޭނާ ވިދާޅުވިއެވެ.
އެލަޔަންސްގެ މެމްބަރޝިޕް އުރީދޫ އަށް ލިބުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އައިއޯޓީ ކަނެކްޓިވިޓީ އާއި އެއްބާރުލުން އިތުރުކުރުމަށް އެ ގްރޫޕުން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މިނާ ސަރަޙައްދު ތަމްސީލުކުރާ ހަމައެކަނި އޮޕަރޭޓަރުގެ ހައިސިއްޔަތުން އުރީދޫގެ ސަބަބުން އެލަޔަންސްގެ ކަވަރޭޖް ކުރިން ބޭނުން ނުކުރެވޭ ސަރަޙައްދުތަކަށް ފުޅާކޮށް، އެއްބާރުލުމާއި ކުރިއެރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.
އައިއޯޓީ ވޯލްޑް އެލަޔަންސްގެ ޗެއާމަން މާކް ވެން ޑެން ބާގް ވިދާޅުވީ، އެލަޔަންސް އިން ކުރާ މަސައްކަތް އިތުރު ސަރަހައްދުތަކަށް ފުޅާ ކޮށް އުރީދޫ ގެ ތަޖުރިބާ އާއެކު ވިޔަފާރިތަކަށް އިތުރު ގައުމުތަކުގައި ގުޅިފައިވާ ޑިވައިސްތައް ތައާރަފް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
އެލަޔަންސްގެ ގެ މެމްބަރުންގެ ހުނަރާއި ގާބިލުކަމުގެ ބޭނުން ހިފައި، އައިއޯޓީ ޓެކްނޮލޮޖީތަކަށް އަހުލުވެރިކޮށް، ޑިޖިޓަލް ޓްރާންސްފޯމޭޝަން ޑކުރިއަރުވައި، އެންމެންނަށް ވެސް މިހާރަށްވުރެ ސްމާޓް ގުޅިފައިވާ ދުނިޔެއެއް އުފެއްދުމަކީ އުރީދޫ ގެ އަމާޒެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!