މާލެ އާއި ހުޅުމާލޭގެ ބައެއް ރޫޓުތަކުގައި އެމްޓީސީސީން ދޭ އާރުޓީއެލްގެ ބަހުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ.

މާލޭ ސަރަހައްދުގައި އާރްޓީއެލް ބަހުގެ ހިދުމަތް މީގެ ކުރިން ދެމުން އައީ ހެނދުނު 5:45 އިން ރޭގަނޑު 12:15 އާ ހަމައަށެވެ. އަދި ހުކުރު ދުވަހުގެ ބައެއް ވަގުތުތަކުގައި ދަތުރުތައް މެދުކަނޑާލައެވެ.

Ad
rt

އެމްޓީސީސިން ބުނީ، މިހާރު މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ވެސްޓްޕާކުގެ ރޫޓުތަކާއި އާރް-7ގެ ދަތުރުތައް ޝެޑިއުލާ އެއްގޮތަށް، 24 ގަޑިއިރު ބަސް ދަތުރުތައް ކުރާނެ ކަމަށެވެ.

މި ދަތުރުތައް ކުރުމަށް ހަމަ ޖެހިފައިވަނީ ގަޑިއަކު އެއް ދަތުރެވެ. އެގޮތުން 12:15 އިން ފެށިގެން ކޮންމެ ރެއަކު ގަޑިއަކު އެއްފަހަރު ދަތުރެއް ބާއްވާނެއެވެ.

އާރުޓީއެލް ބަހުގެ ހިދުމަތަކީ މާލެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ގިނަ ބަޔަކު ހޯދަމުން އަންނަ ހިދުމަތެކެވެ.