ރ. އިނގުރައިދުއާއި މ. ކޮޅުފުށީގެ މަގުތައް ހެދުމުގެ މަސައްކަތް ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުންތަަކުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނިގެ ޖެނެރަލް މެނޭޖަރު ހަސަން ސައީދުއެވެ.

Ad
rt

އިނގުރައިދޫ މަގު ހެދުމުގެ މަޝްރޫއު އާރުޑީސީއާ ހަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން 56.4 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމަން އެ ކުންފުންޏަށް ދީފައިވަނީ 600 ދުވަހުގެ މުއްދަތެކެވެ.

މި މަޝްރޫއުގެ ދަށުން 1.9 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރާނެއެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.

ކޮޅުފުށީގެ މަގު ހެދުމުގެ މަސައްކަަތް އެމްޓީސީސީއާ ހަވާލުކުރީ 93.8 މިލިއަން ރުފިޔާއަށް 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫއުގެ ދަށުން 2.8 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެއެވެ. އަދި ފެންހިންދާ ނިޒާމު ގާއިމު ކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ.