މާލެ ސިޓީ ފިޔަވައި މީހުން އުޅޭ ރަށްތަކުގައި މުޒާހަރާ ކުރަން އިދިކޮޅުން ނުކުންނަނީ
މާލެ ސިޓީ ފިޔަވައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މުޒާހަރާ ކުރަން އިދިކޮޅުން ނިންމައިިި، އެކަން މިއަދު ޢިއުލާން ކޮށްފިއެވެ. އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޕީއެންސީގެ ނާއިބު ރައީސް އިބްރާހިމް ޝުޖާޢު ވިދާޅުވީ އަންނަ ހުކުރު ދުވަހުގެ ހަވީރު މާލެ ސިޓީ ފިޔަވައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މުޒާހަރާ ކުރަން ނިންމާފައިވާ ކަމަށެވެ. އިދިކޮޅު ކޯލިޝަނުން “ރާއްޖެ ވިއްކާލުމާ ދެކޮޅަށް އަތޮޅު ތެރޭގެ މުޒާހަރާ” މިނަމުގައި ބާއްވާ އެ […]