ހއ. ދިއްދޫގައި ވޮލީ ޓްރެއިނިންގ ޕްރޮގްރާމެއް ހިންގަން ނިންމައި، އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.
މި ވޮލީ ޓްރެއިނިންގ ޕްރޮގްރާމަކީ ދިއްދޫ އިޖްތިމާއީ މަރުކަޒާއި އަދި ދިއްދޫ ޕޮލިސް ގުޅިގެން ހިންގާ ޓްރެއިނިންގ ޕްރޮގްރާމެކެވެ.
އެރަށުގެ ވޮލީ ކުޅުންތެރިން ތަމްރީނު ކުރުމަށް ހިންގާ މި ވޮލީ ޓްރެއިނިންގ ޕްރޮގްރާމް ހިންގުމަށް ނިންމާފައި ވަނީ 7 ސެޕްޓެމްބަރ 2020 އިން 22 ސެޕްޓެމްބަރ 2020 އަށެވެ.
މި ޓްރެއިނިންގ ޕްރޮގްރާމް ހިންގުމަށް ފުރުޞަތު ހުޅުވާލަމުން ދިއްދޫ އިޖްތިމާއީ މަރުކަޒުން ބުނީ މި ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުޞަތު އެރަށުގެ ދެޖިންސްގެ ޒުވާނުންނާއި އަދި ގްރޭޑް 8
އިން މަތީގެ ގްރޭޑްތަކުގައި ތަޢުލީމު ހާޞިލް ކުރަމުންގެންދާ ސްކޫލް ދަރިވަރުން ވެސް އޮންނާނެ ކަމަށެވެ.
މި ފުޞަތަށްއެދި ސްކޫލްގެ ދަރިވަރުން ނަން ނޯޓުކުރާއިރު، މި ޓްރެއިނިންގ ޕްރޮގްރާމްގައި ދަރިވަރުން ބައިވެރިވުމަށް ބެލެނިވެރިޔާ އިޢުތިރާޟް ނެތްކަމުގެ ސިޓީއެއް ހުށަހަޅަން ވާނެ ކަމަށް ވެސް ދިއްދޫ އިޖްތިމާއީ މަރުކަޒުން ބުންޏެވެ.
މި ޓްރެއިނިންގ ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު 01 ސެޕްޓެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ދިއްދޫ އިޖްތިމާއީ މަރުކަޒަށް ހުށައެޅުއްވުން އެ މަރުކަޒުން ވަނީ ފުރުޞަތު ހުޅުވާލައިފައެވެ.
ދިއްދޫ އިޖުތިމާއީ މަރުކަޒުން ގެންދަނީ އެރަށުގެ ޒުވާނުންނަށް ޚާއްސަކޮށްގެން އެރަށުގައި އެކިއެކި މުބާރާތްތައް ރާވާ ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!