މިސަރުކާރަށް ބްރިޖެއް އެޅޭނަމަ އެޅޭނީ ޖިންނި، ސައިތާނުން ބޭނުން ކޮށްގެން ކަމަށް ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާއު ވިދާޅު ވެއްޖެއެވެ.

ޝުޖާއު މިހެން ވިދާޅުވީ ޗެނަލް ތޭރައިން ގެނެސްދިން "ނިއުސް ޓޯކު" ޕްރޮގްރާމްގައި މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ވާހަކަ ދައްކަވަމުން ނެވެ.

Ad
d

"ޖިންނި ސައިތާނުން ބޭނުންކޮށްގެން ނޫންގޮތަކަށް އެޅޭކަށްނެތް، ނެތް އެކަމެއް ވާކަށް، މިހާރު ބައްލަވާ އަޅުގެނޑުމެންގެ މާލެއާއި، ހުޅުމާލެއާއި، މާލެއާއި ހުޅުލެއާއި ދެމެދު ގުޅިފައިވާ ބްރިޖު، އެ ބްރިޖުގެ މަސައްކަތް ކުރަމުން ދިޔައިރު އެއާއި އެކުއެކީގައި އޮތީ މާލެއާއި، ވިލިމާލެއާއި، ގުޅީފަޅާއި ދޭތެރޭ އަޅާ ބުރިޖުގެ ސާވޭ ނިންމާފައި، އެއީ ހިލޭ ކުރެވިފައި އޮތް ކަމެއް، މިބޭފުޅުން އައިސްގެން ސާވޭކުރުމުގެ ނިޒާމުގައި އަދިވެސް ސާވޭ ނުނިމޭ"

ޝުޖާއު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ދަންނަވަނީ ކުދިބިސްކޯދާއި ދަނޑިފަނުން އަޅަންޏާ އެވެސް ނޭޅޭނޭ، އެއީ މޫސުން ހުންނަ ގޮތުން އެކަންވެސް ނުކުރެވޭނެ، ކުދިބިސްކޯދުން އަޅަންފަށައިފިއްޔާ ފޯވެގެންދާނެ ކަނޑު ތެރެއަށް، ކުދިބިސްކޯދު ބޭނުން ކޮށްގެން އަޅަންޏާ އަޅަންވީ، ކޮންކްރީޓް ބޭނުންކޮށްގެން މާލެއާއި، ވިލިމާލެއާއި، ގުޅީފަޅާއި، ތިލަފުއްޓާ ދޭތެރޭ ބްރިޖް އަޅަންޏާ އެމްޑީޕީ ހަނދާން ނައްތާލަންވީ"

އެ ޕްރޮގްރާމްގައި ޝުޖާއު އިތުރަށް ވިދާޅުވިއެވެ.

ޝުޖާއު މިހެން ވިދާޅުވިއިރު، މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދައިވޭ ބްރިޖުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު، ޖެނުއަރީ ނުވަތަ ފެބްރުއަރީ ހިސާބުގައި ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ މިހިނގާ އޯގަސްޓް މަހުގެ 13 ވަނަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވިދާޅުވެފައެވެ.

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވައިދައިވޭ ބްރިޖުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވެފައިވާއިރު، މިމަޝްރޫޢަށް ގާތްގަނޑަކަށް 7.6 ބިލިއަން ރުފިޔާ (448 މިލިއަން ރުފިޔާ) ޚަރަދުވާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެއެވެ.

މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް 500 މިލިއަން ޑޮލަރުގެ ލޯނާއި އެހީގެ ޕެކޭޖެއް ދިނުމަށް އިންޑިއާ ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެ ތެރެއިން 400 މިލިއަން ޑޮލަރަކީ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) އުސޫލުން ދޫކުރާ ފައިސާއެވެ. ބާކީ 100 މިލިއަން ޑޮލަރަކީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދިނުމަށް ނިންމާފައިވާ ފައިސާއެވެ.

Ad
df

ބްރިޖުގެ މަސައްކަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާއިރު، ސަރވޭގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.