މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން ކޮންމެ ދުވަހަކު ކުރަމުންދާ ޚިދުމަތްތައް ފާހަކުރަށްވައި، އެ އިދާރާގެ ހުރިހާ އޮފިސަރުންނަށާއި، މުވައްޒަފުންނަށް ނައިބު ރައީސް ފައިސަލް ނަސީމްގެ ޝުކުރު އަދާކުރަށްވައި ފިއެވެ.

‏މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނަށާއި، މުވައްޒަފުންނަށް ނައިބު ރައީސް ފައިސަލް ނަސީމްގެ ޝުކުރު އަދާކުރެއްވީ އެ އިދާރާގެ 49 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ފޮނުއްވި ގެ ޙާއްސަ މެސެޖެއްގައި އެވެ.

Ad
rt

އެ މެސެޖުގައި ނައިބު ރައީސް ވިދާޅުވީ ކަރެކްޝަނަލް ސަރވިސްއަކީ އަމަން އަމާން ކަމާއި، އިޖުތިމާއީ އަދާލަތު ގާއިމުކުރުމުގައި ވަރަށް މުހިންމު އިދާރާއެއް ކަމަށެވެ. އަދި އެއީ އަދުލު އިންސާފް ގާއިމު ކުރުމާއި ޤާނޫނު ތަންފީޒު ކުރުމުގައިވެސް، ވަރަށް މުހިންމު ދައުރެއް އަދާކުރާ އިދާރާއެއް ކަަމަށް ވެސް ނައިބު ރައީސް ވިދާޅު ވިއެވެ.

" ގައިދީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދީ އެމީހުންގެ ޙައްޤުތައް ލިބިދިނުމާއި އެކު ތަޢުލީމާއި ތަމްރީން ދީގެން ބޭނުންތެރި ބައެއްގެ ގޮތުގައި އަލުން އަނބުރާ މުޖުތަމަޢުއަށް ނެރެދިނުމަށް ކޮންމެ ދުވަހަކު ކުރަނުންދާ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް އެ އިދާރާގެ ހުރިހާ އޮފިސަރުންނަށާއި، ހުރިހާ މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއި އެކު ޝުކުރު ދަންނަވަން. "

=ނައިބު ރައީސް ފައިޞަލް ނަސީމް=

ދިވެހިރާއްޖޭގެ ޖަލު ބެލެހެއްޓުމުގެ ނިޒާމަށް މިއަދު 49 އަހަރު ފުރިފައިވާއިރު، ވޭތުވެދިޔަ އަހަރުތަކުގައި އެ ނިޒާމަށް ނިސްބަތްވާ މުއައްސަސާގެ ނަން ބަދަލުވަމުން އައިސް، ވަކި ޤާނޫނެއްގެ ދަށުން މިހާރު ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ނަމުގައި ކުރިއަށްވުރެ ހަރުދަނާ އަދި ޕްރޮފެޝަނަލް ޚިދުމަތެއް ގާއިމުކުރެވިފައެވެ.

ކޯވިޑް-19 އާ ގުޅިގެން އެހާ ކުލަގަދަކޮށް އަހަރީ ދުވަސް ފާހަގަ ނުކުރެވުނު ނަމަވެސް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޖަލުތަކުގައި ކަނޑައަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކާއެކު ބައެއް ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައި ކަމަށް ކަރެކްޝަންސް ވަނީ ބުނެފައެވެ.