މާލޭގެ ގޭގޭގައި ހަރުކޮށްފައި ހުރި ބާ ފެންމީޓަރުތައް ބަދަލު ކުރުމުގެ މަސައްކަތް މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފަށައިފި އެވެ.
މާލޭގެ ގޭގޭގައި ހަރުކޮށްފައި ހުރި ފެންމީޓަރުތަކުގެ ތެރެއިން ދުވަސްވެ ބާވެފައި ހުރި ފެންމީޓަރުތައް ބަދަލު ކުރުމަށް މިއަދު މިފެށި ޕްރޮގްރާމުގެ ބޭނުމަކީ އެ ކުންފުނިން ހިދުމަތްދޭން ބޭނުންކުރާ ފެން މީޓަރުތައް އެއް ޔުނިފޯމިޓީ އަކަށް ބަދަލުކޮށް، ކުންފުނީގެ ސްޓޭންޑާޑް ދެމެހެއްޓުން ކަމަށް އެމްޑަބްލިއުއެސްސީ އިން ވަނީ ބުނެފައެވެ.
އެމްޑަބްލިއުއެސްސީ މިފެށި ފެންމީޓަރުތައް ބަދަލުކުރުގެ ޕްރޮގްރާމު ފެށުމުގެ މަސައްކަތުގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝަހާއި، ކުންފުނީގެ ބައެއް އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
A program to replace old water meters was kicked off today. The purpose of this program is to maintain the meters uniformly according to a set standard by MWSC. pic.twitter.com/QY9cxCO5gc
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) August 16, 2020
އެމްޑަބްލިއުއެސްސީ އިން ބުނީ މި ޕްރޮގްރާމުގެ ދަށުން އެއް އަހަރު ތެރޭ 15،000 މީޓަރު ބަދަލު ކުރާނެ ކަމަށެވެ.
ގޭގޭގައި ފެނުގެ ހިދުމަތް ދިނުމަށް ހަރުކޮށްފައި ހުންނަ ދުވަސްވީ މީޓަރުތައް ބަދަލުކުރުމަށް ހާޢްސަ ޕްރޮގްރާމެއް އެމްޑަބްލިއުއެސްސީ އިން އިސް ނަގަންއިގެން ފަށަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ހާމަކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.
އެމްޑަބްލިއުއެސްސީ އަންނަނީ އެކުންފުނިން ދޭ ޚިދުމަތްތަކުގައި އެ ކުންފުނީގެ ސްޓޭންޑާޑް ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!