ްލ. މާބައިދޫގެ ބަނދަރުގެ އައު ނެރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް، އެ މަސައްކަތް ކުރަމުން ދިޔަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.

އެމްޓީސީސީއިން މި މަޝްރޫޢު ނިންމާލާފައި ވަނީ 18 އޯގަސްޓް 2020 ގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ އެ މަޝްރޫޢުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކޮށްފައިވަނީ 04 އޯގަސްޓް 2019 ގައެވެ.

މި މަޝްރޫޢުގެ ތެރެއިން ކުރީގައި ކަނޑާފައި އިން ނެރު ބަންދު ކުރުމުގެ މަސައްކަތާއި އާ ނެރެއް ކެނޑުމުގެ މަސައްކަތް ވަނީ އެމްޓީސީސީން ނިންމާފައި އެވެ. އަދި މިމަޝްރޫޢުގެ ތެރޭގައި 17,503.96 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 253 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 83 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، މަގުބައްތި ހަރުކުރުން ހިމެނެއެވެ.

22.4 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައި ވަނީ 16 ޖެނުއަރީ 2020 ގައެވެ.