Skip to main content

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,044 Stories
1,948 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

މިޔަންމާގައި ޓްވިޓާ އަދި އިންސްޓަގްރާމްވެސް ބްލޮކް ކޮށްފި
International

މިޔަންމާގައި ޓްވިޓާ އަދި އިންސްޓަގްރާމްވެސް ބްލޮކް ކޮށްފި

މިޔަންމާގެ ބަޢާވާތަށްފަހު ސޯޝަލް މީޑިއާގެ ވަސީލަތްތައް އެ ގައުމުގައި ބްލޮކް ކުރަން ފަށައިފި އެވެ. އެ ގައުމުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން އިއްޔެ ވަނީ ހުރިހާ މޯބައިލް އޮޕަރޭޓަރުންނަށާއި އިންޓަނެޓް ހިދުމަތްދޭ ތަންތަނަށް ޓްވިޓާ އާއި އިންސްޓަގްރާމް ބްލޮކް ކުރުމަށް އަންގައިފައެވެ. މިދިޔަ ބުރާސްފަތި ދުވަހު އެ މިނިސްޓްރީން ވަނީ ފޭސްބުކްވެސް ބްލޮކް ކޮށްފައެވެ. މި އެންގުމާއެކު ޓްވިޓާއިން ވަނީ އެ ކުންފުނީގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކުންފުނިން ބޭރުގެ މީޑިއާތަކަށް ބުނެފައިވާގ...

މާދަމާއިން ފެށިގެން މޯލްޑިވިއަންގެ ޓިކެޓް އޮފީސް ބަންދުވާނެ
Business

މާދަމާއިން ފެށިގެން މޯލްޑިވިއަންގެ ޓިކެޓް އޮފީސް ބަންދުވާނެ

މާދަމާއިން ފެށިގެން މޯލްޑިވިއަން އިން ހިދުމަތް ދެމުން އަންނަ ޓިކެޓް އޮފީސް ބަންދުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ މާދަމާއިން ފެށިގެން ހިދުމަތްދޭ ވަގުތުތަކަށް ބަދަލުގެނެސްފައިވާ ކަމަށެވެ. އެގޮތުން، ޓިކެޓް އޮފީސް ބަންދުކުރުމަށްނިންމާފައިވާއިރު ކޯލް ސެންޓަރުންނާއި ވައިބާއިން ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 9:00ން ހަވީރު 5:00އަށް ހިދުމަތްލިބޭނެކަމަށް އެ ކުންފުނިން ބުންޏެވެ. މޯލްޑިވިއަންގެ ޓިކެޓް އޮފީސް ބަންދު ކުރި ނަމ...

ވެމްކޯއިން ކުޅުދުއްފުށީގައި ގިނަވެފައި ހުރި ކުނިތައް ނަގަން ފަށައިފި
Thiladhunmathi News

ވެމްކޯއިން ކުޅުދުއްފުށީގައި ގިނަވެފައި ހުރި ކުނިތައް ނަގަން ފަށައިފި

ޒަމާންތަކެއްވަންދެން ކުޅުދުއްފުށި ސިޓީގައި ގިނަވެފައި ހުރި ކުނިތައް ވެމްކޯއިން މިއަދު ނަގަން ފަށައިފިއެވެ. މިއީ ރައީސް އޮފީހުގެ އިސް ނެގުމުގެ މަތިން ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލު ހޯދުމަށް ފެށި މަސައްކަތެކެވެ. މީގެ ސަބަބުން ދެމެއްހެޓެނިވިގޮތެއްގައި އެ ސިޓީގައި ކުނި މެނޭޖު ކުރެވޭނެ ކަމަށް ވެމްކޯއިން ބުނެއެވެ. އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މި މަސައްކަތް ނިމޭއިރު ގާތްގަނޑަކަށް 92،000 ޓަނުގެ ކުނި އެ ސިޓީން ސާފު ކޮށްލެވޭނެ އެވެ. We are excited to […]

އެމްޕީޓީ ޓޫލްސް ހޯލްސޭލްކޮށް ގަންނަ ކަސްޓަމަރުންނަށް ބެސްޓް ބަޑީއިން ހާއްސަ ޑިސްކައުންޓެއް
Business

އެމްޕީޓީ ޓޫލްސް ހޯލްސޭލްކޮށް ގަންނަ ކަސްޓަމަރުންނަށް ބެސްޓް ބަޑީއިން ހާއްސަ ޑިސްކައުންޓެއް

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ، ޗައިނާގެ އެމްޕީޓީ (މޯސްޓް ޕްރޮފެޝަނަލް ޓޫލްސް) ހޯލްސޭލްކޮށް ގަންނަ ކަސްޓަމަރުންނަށް ބެސްޓްބަޑީން ހާއްސަ ޑިސްކައުންޓް ދޭން ފަށައިފިއެވެ. އެމްޕީ ޓޫލްސްއަކީ ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި މަޤުބޫލުކަން ހޯދަމުން އަންނަ ކޮލިޓީ ރަނގަޅު މަޝްހޫރު ބްރޭންޑެކެވެ. މި ކުންފުނިން އުފައްދާ ޓޫލްސްތަކުގެ ތެރޭގައި ތެދުއިވަޑާމާއި ކިއްސަރުވަޑާމުގައި އާއްމުކޮށް ބޭނުންކުރާ ހުރިހާ ޓޫލްސްތަކުގެ އިތުރުން ޕަވަރ ޓޫލްސް، ބެންޗް ޓޫލްސް، އެއަރ ޓޫލްސް، އ...

އެޕަލް ގަޑި ބޭނުންކޮށްގެން މާސްކު އަޅައިގެން ހުރެ ފޯނު ހުޅުވޭ ގޮތް ހަދަނީ
News

އެޕަލް ގަޑި ބޭނުންކޮށްގެން މާސްކު އަޅައިގެން ހުރެ ފޯނު ހުޅުވޭ ގޮތް ހަދަނީ

އެޕަލް ބްރޭންޑުގެ ގަޑި ބޭނުންކޮށްގެން މާސްކު އަޅައިގެން ހުރެވެސް އައިފޯނުތައް އަންލޮކް ކުރެވޭނެގޮތް ހަދަން ނިންމައިފިއެވެ. އެ ކުންފުނިން މިހާރު އަންނަނީ އައިއޯއެސްގެ އާ އަޕްޑޭޓް މިހާރު ޓެސްޓު ކުރަމުންނެވެ. މި ޓެސްޓުތައް ނިންމުމަށްފަހު ވަރަށް އަވަހަށް ސޮފްޓްވެއާ އަޕްޑޭޓު ކުރާނެ ކަމަށް އެޕްލައިން ވަނީ ބުނެފައެވެ. މިސޮފްޓްވެއާއާއެކު އެޕަލް ގަޑި ސިންކު ކޮށްފައި ހުންނަ ފޯނު މޫނާ ކައިރި ކޮށްލުމުން ޕާސްވޯޑު ޖެހުމަކާ ނުލާ ހުޅުވޭނެއެވެ. މިގޮތަށް ފޯނު ހުޅުވަން ގަޑިއާ ފޯނު އޮންނަން ޖެހޭނީ […]

ޔޫކްރެއިން ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 3 ބަލިމީހުންނާއި ޑޮކްޓަރަކު މަރުވެއްޖެ
International

ޔޫކްރެއިން ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 3 ބަލިމީހުންނާއި ޑޮކްޓަރަކު މަރުވެއްޖެ

ޔޫކްރެއިންގެ ކޯވިޑް-19އަށް ފަރުވާ ދެމުން އަންނަ ހޮސްޕިޓަލެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ތިން ބަލިމީހުންނާއި ޑޮކްޓަރަކު މަރުވެއްޖެއެވެ. މި ހާދިސާގައި މަރުވެފައިވަނީ ކޯވިޑް ޖެހިގެން އައިސީޔޫގައި ބާއްވާފައި އޮތް ތިން ބަލި މީހުންނާއި އެ ވަގުތު ވޯޑުގައި ހުރި ޑޮކްޓަރެވެ. މި ހާދިސާ ހިނގާފައިވަނީ ޔޫކްރެއިންގެ ދެކުނުއިރުމަތީ ސަރަހައްދެއް ކަމަށްވާ ޒެޕްރޮޒްޔާ ސަރަހައްދުގައެވެ. އެ ސަރަހައްދުގެ ގަވަރުނަރު ބޭރުގެ މީޑިއާތަކަށް މައުލޫމާތުދީފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ އެ ހޮސްޕިޓަލުގެ ގްރައުންޑު...

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު
Business

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު

ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް ޓްރެއިނިން ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ލިބޭނެއެވެ. ދިރާގުން މައުލޫމާތު ދޭގޮތުގައި މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ18 އަހަރާއި30 އަހަރާ ދެމެދުގެ މީހުންނަށެވެ. އޭލެވެލް ނިންމައި އެއްގޮތަކަށްވެސް ވަޒީފާގެ ތަޖުރިބާ ލި...

ފްރާންސްގެ ސަރުކާރުން ތިމާވެއްޓަށް ގެއްލުންދޭ ކަމަށް ހުކުމް ކޮށްފި
International

ފްރާންސްގެ ސަރުކާރުން ތިމާވެއްޓަށް ގެއްލުންދޭ ކަމަށް ހުކުމް ކޮށްފި

ޖައްވަށް ގޭސް ދޫކުރެވޭ މިންގަނޑާ ޚިލާފުވެ ފްރާންސުގެ ސަރުކާރުން ތިމާވެއްޓަށް ގެއްލުން ދޭކަމަށް އެ ގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. “އެމިޝަން ލެވެލް” ނުވަތަ ޖައްވަށް ގޭސް ދޫކުރެވޭ މިންގަނޑަކީ ތިމާވެށި ރައްކާތެރި ކުރުމަށް ކޮންމެ ގައުމަކުންވެސް ބޯލަނބަން ޖެހޭ މިންގަނޑުތަކެކެވެ. އެކި ގައުމުތަކުން މި މިންގަނޑު ކަނޑައަޅަނީ އެކި ވަރަށެވެ. މި މިންގަނޑު ކަނޑައެޅުމުގައި އެ ގައުމަކުން އާއްމުކޮށް ގޭސް ބޭރު ކުރާ މިންވަރަށް ބަލައެވެ. ފްރާންސުގެ ސަރުކާރުން މި މިންގަނޑުތަކާ ޚިލާފުވެފައިވާ ކަމަށް އެ ގައުމުގެ...

ބީއެމްއެލްގެ ބައެއް ހިދުމަތްތަކަށް ބަދަލު ގެންނަނީ
Business

ބީއެމްއެލްގެ ބައެއް ހިދުމަތްތަކަށް ބަދަލު ގެންނަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެމުން އަންނަ ބައެއް ހިދުމަތްތަކަށް އަންނަ ހަފުތާއިން ފެށިގެން ބަދަލުތައް ގެންނާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ. އެ ބޭންކުން ބަދަލު ގެނައި ހިދުމަތްތަކުގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތާއި ޕޭރޯލްގެ ހިދުމަތާއި ޗެކް ޕްރޮސެސް ކުރުމާއި ލޯކަލް ބޭންކު ޓްރާންސްފާގެ ހިދުމަތް ދިނުން ހިމެނެއެވެ. އެ ބޭންކުން މިބަދަލުތައް ގެނައީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) މިއަދުން ފެށީގެން އަޅާ […]

މާދަމާއިން ފެށިގެން މާލެއިން ކުނި ނަގާނީ ރޭގަނޑު 8:30 ގައި
Raajje

މާދަމާއިން ފެށިގެން މާލެއިން ކުނި ނަގާނީ ރޭގަނޑު 8:30 ގައި

ކޯވިޑް-19އާ ގުޅިގެން އެޗްޕީއޭއިން އަޅަފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވެމްކޯއިން މާލޭގައި ކުނި ނަގާ ވަގުތުކަށް ބަދަލު ގެނެސްފިއެވެ. އެ ކުންފުނިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މާދަމާއިނން ފެށިގެން ކުނި ނަގާނީ ރޭގަނޑު8:30 އިން9:30 އަށް ކަމަށެވެ. އެހެންކަމުން އެ ވަގުތުތަކުގައި ގެތަކުން ކުނި ނެރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފެށުމާއެކު ވެމްކޯއިން ވަނީ ކުނި ނަގަން ވަކ ވަކި އެޕާޓްމަންޓުތަކަށް ދިއުން ހުއްޓާލައިފައެވެ. އެހެންކަމުން މިހާރު ކޮންމެ ގެއަކުންވެސް ކުނި ބަހައްޓަ...

އުރީދޫގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހު ބާއްވަނީ
Business

އުރީދޫގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހު ބާއްވަނީ

އުރީދޫ މޯލްޑިވްސްގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ އަންނަ މަހު ބާއްވާނެ ކަމަށް އެ ކުންފުނިން އިއުލާން ކޮށްފިއެވެ. އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ މި ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވާ ހިއްސާދާރުންނަށް އެކަނި ކަމަށެވެ. އަދި މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ބަހާނީވެސް އެ ހިއްސާދާރުންގެ މެދުގައި ކަމަށް އެ ކުންފުނިން ބުންޏެވެ. އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންނަށް ބައިވެރިނުވެވޭނަމަ ޕްރޮކްސީގެ ގޮތުގައި އެހެން […]

ހުޅުމާލޭގައި އެމްއައިބީގެ އިތުރު އޭޓީއެމެއް ހުޅުވައިފި
Business

ހުޅުމާލޭގައި އެމްއައިބީގެ އިތުރު އޭޓީއެމެއް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އިތުރު އޭޓީއެމެއް ހުޅުމާލޭގައި ހުޅުވައިފިއެވެ. މި އޭޓީއެމް ހުޅުވާފައިވަނީ ހުޅުމާލެ ރަށު މާރުކޭޓުގައެވެ. މި އޭޓީއެމް ހުޅުއްވައިދެއްވީ އެމްއައިބީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މުހައިމިން އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދުއެވެ. މި އޭޓީއެމްއަކީ ހުޅުމާލޭގައި ބަހައްޓާފައިވާ އެ ބޭންކުގެ ދެވަނަ އޭޓީއެމްއެވެ. މި އޭޓީއެމްއާއެކު އެމްއައިބީގެ އޭޓީއެމްތަކުގެ އަދަދު މިހާރު ވަނީ 19 އަށް އަރާފައެވެ. މި އޭޓީއެމު...

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފިހާރަތައް ރޭގަނޑު 10:30ގައި ބަންދު ކުރާނެ
Business

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފިހާރަތައް ރޭގަނޑު 10:30ގައި ބަންދު ކުރާނެ

ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، ކާބީތަކެތޯގެ ހިދުމަތްދޭ ތަންތަނާއި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތު ކުޑަކޮށްފިއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން، ފިހާރަތަކާއި، ސައި ހޮޓާ، ރެސްޓޯރަންޓުތަކާއި ކެފޭތައް ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:00 އިން ރޭގަނޑު 10:30 ކަމަށެވެ. މި ބަދަލާއެއްގޮތަށް ފިހާރަ ހުޅުވާ ގަޑިތައް ބަދަލުކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަން މިނިސްޓްރީން ވަނީ...

މި ޔޮޓު ދުއްވާނީ ޕްލާސްޓިކުން
International

މި ޔޮޓު ދުއްވާނީ ޕްލާސްޓިކުން

ކަނޑަށް އުކާލާ ޕްލާސްޓިކް ނައްތާލައި، ތެލުގެ ގޮތުގައި ޕްލާސްޓިކް ބޭނުން ކުރެވޭ ޔޮޓެއް ހަދަން ފްރާންސުގެ ޓީމަކުން ތައްޔާރުވެއްޖެ އެވެ. ފްރާންސުގެ “ޔޮޓްސްމަން”އެއް ކަމަށްވާ ޔުވޯން ބާރނޮން އާއި އޭނާގެ ޓީމުން ހަދާ މި ޔޮޓު 2024ގައި ތައާރަފު ކުރެވޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.  މި ޔޮޓަށް އެޓީމުން ދީފައިވާ ނަމަކީ “މަންތާ”އެވެ. މަންތާއެއްގެ ބައްޓަމަށް ތައްޔާރުކުރާ މި ޔޮޓަކީ ދެމެހެއްޓެނިވި ގޮތެއްގައި ޕްލާސްޓިކް އަލުން ބޭނުން ކުރުމަށް އޮތް ހައްލެއް ކަމަށް ތިމާވެށްޓާ ބެހޭ ގިނަ […]

ގަދަޔަށް ސްނޯ ފޭބުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބާރުބޮޑު ސިޓީ ހުއްޓުމަކަށް
International

ގަދަޔަށް ސްނޯ ފޭބުމުގެ ސަބަބުން ދުނިޔޭގެ އެންމެ ބާރުބޮޑު ސިޓީ ހުއްޓުމަކަށް

ގަދަޔަށް ސްނޯ ފޭބުމުގެ ސަބަބުން އެމެރިކާގެ ނިއުޔޯކް ސިޓީ ހުއްޓުމަކަށް އަތުވެއްޖެއެވެ. ނިއުޔޯކަކީ ދުނިޔޭގައި ވެސް އެންމެ ކާރުބާރު ބޮޑު ސިޓީ އެވެ. އެ ސިޓީ ޓައިމް ސްކޮޔާ ވެސް އިއްޔެއިން ފެށިގެން އޮތީ ހަމަހިމޭންވެފަ އެވެ. މިއީ ނިއުޔޯކުގެ އެންމެބާރުބޮޑު ސަރަހައްދެވެ. އެމެރިކާގެ އުތުރު އިރުމަތީ ސަރަހައްދުގެ ސިޓީތަކަށް އަންނަނީ ހޯމަ ދުވަހުން ފެށިގެން ބޯކޮށް ސްނޯ ފައިބަމުންނެވެ. އެގޮތުން މިހާތަނަށް ނިއުޔޯކް ސިޓީއަށް އެކަނި 16.8 އިންޗިއާ ހަމައަށް ސްނޯ ވަނީ ވެހިފައެވެ. އެ […]