ޒަމާންތަކެއްވަންދެން ކުޅުދުއްފުށި ސިޓީގައި ގިނަވެފައި ހުރި ކުނިތައް ވެމްކޯއިން މިއަދު ނަގަން ފަށައިފިއެވެ.

މިއީ ރައީސް އޮފީހުގެ އިސް ނެގުމުގެ މަތިން ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލު ހޯދުމަށް ފެށި މަސައްކަތެކެވެ. މީގެ ސަބަބުން ދެމެއްހެޓެނިވިގޮތެއްގައި އެ ސިޓީގައި ކުނި މެނޭޖު ކުރެވޭނެ ކަމަށް ވެމްކޯއިން ބުނެއެވެ.

Ad
rt

އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މި މަސައްކަތް ނިމޭއިރު ގާތްގަނޑަކަށް 92،000 ޓަނުގެ ކުނި އެ ސިޓީން ސާފު ކޮށްލެވޭނެ އެވެ.

ވެމްކޯއިން ވަނީ މިކަމަށް ބޭނުންވާ އުޅަނދުތައް ވެސް މިހާރު ކުޅުދުއްފުއްޓަށް ފޮނުވައިފައެވެ. ޕްރޮޖެކްޓު ނިމެންދެން އެ އުޅަނދުތައް ކުޅުދުއްފުށީގައި ހުންނާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ވެމްކޯއިންވަނީ މިދިޔަމަހު ހއ. ދިއްދޫގައި ޒަމާންތަކެއްވަންދެއް ޖަމާވެފައިހުރި ކުނިތައްވެސް ނަގާ އެރަށު ކުނިގޮނޑުވެސް ސާފުކޮށްފައެވެ. މިކަމުގެ ސަބަބުން ކުނީގެ ސަބަބުން ރައްޔިތުން އުފުލަމުންއައި ތަކުލީފުތަކަށްވަނީ ލުއިކަމެއްލިބިފަ އެވެ.