ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނައުމާގުޅިގެން، ކާބީތަކެތޯގެ ހިދުމަތްދޭ ތަންތަނާއި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތު ކުޑަކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން، ފިހާރަތަކާއި، ސައި ހޮޓާ، ރެސްޓޯރަންޓުތަކާއި ކެފޭތައް ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:00 އިން ރޭގަނޑު 10:30 ކަމަށެވެ.

Ad
rt

މި ބަދަލާއެއްގޮތަށް ފިހާރަ ހުޅުވާ ގަޑިތައް ބަދަލުކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަން މިނިސްޓްރީން ވަނީ އަންގައިފައެވެ.

ދެވަނަ ފަހަރަށް ރާއްޖޭގައި ކޯވިޑް-19 ގެ ކޭސްތައް އިތުރުވާން ފެށުމުން މިއަދުން ފެށިގެން ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެޗްޕީއޭއިން ވަނީ ނިންމައިފައެވެ.

އެގޮތުން، މިރެއިން ފެށިގެން މާލެ ސަރަހައްދުގައި ރޭގަނޑު 11:00 އިން ފެށިގެން ކާފިއު ހިންގަން ވަނީ ނިންމައިފައެވެ. އަދި ރޭގަނޑު 8:30 އިން ފަތިހު 4:30އަށް މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުންވެސް ވަނީ މަނާ ކޮށްފައެވެ.