ޔޫކްރެއިންގެ ކޯވިޑް-19އަށް ފަރުވާ ދެމުން އަންނަ ހޮސްޕިޓަލެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ތިން ބަލިމީހުންނާއި ޑޮކްޓަރަކު މަރުވެއްޖެއެވެ.
މި ހާދިސާގައި މަރުވެފައިވަނީ ކޯވިޑް ޖެހިގެން އައިސީޔޫގައި ބާއްވާފައި އޮތް ތިން ބަލި މީހުންނާއި އެ ވަގުތު ވޯޑުގައި ހުރި ޑޮކްޓަރެވެ. މި ހާދިސާ ހިނގާފައިވަނީ ޔޫކްރެއިންގެ ދެކުނުއިރުމަތީ ސަރަހައްދެއް ކަމަށްވާ ޒެޕްރޮޒްޔާ ސަރަހައްދުގައެވެ.
އެ ސަރަހައްދުގެ ގަވަރުނަރު ބޭރުގެ މީޑިއާތަކަށް މައުލޫމާތުދީފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ އެ ހޮސްޕިޓަލުގެ ގްރައުންޑު ފްލޯަގައެވެ. އެއީ ވެންޓިލޭޓަރަށް ލާ ބަލިމީހުން ބައިތިއްބާ ފްލޯއެވެ. މީގެ ސަބަބުން އިތުރު 8 ޕޭޝަންޓް ޔުނިޓު ހުސްކުރަން ޖެހުނު ކަމަށްވެސް އޭނާ ބުންޏެވެ.
މި ހާދިސާ ހިނގިގޮތް މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!