ކޯވިޑް-19އާ ގުޅިގެން އެޗްޕީއޭއިން އަޅަފައިވާ ފިޔަވަޅުތަކުގެ ސަބަބުން ވެމްކޯއިން މާލޭގައި ކުނި ނަގާ ވަގުތުކަށް ބަދަލު ގެނެސްފިއެވެ.
އެ ކުންފުނިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މާދަމާއިނން ފެށިގެން ކުނި ނަގާނީ ރޭގަނޑު8:30 އިން9:30 އަށް ކަމަށެވެ. އެހެންކަމުން އެ ވަގުތުތަކުގައި ގެތަކުން ކުނި ނެރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފެށުމާއެކު ވެމްކޯއިން ވަނީ ކުނި ނަގަން ވަކ ވަކި އެޕާޓްމަންޓުތަކަށް ދިއުން ހުއްޓާލައިފައެވެ. އެހެންކަމުން މިހާރު ކޮންމެ ގެއަކުންވެސް ކުނި ބަހައްޓަން ޖެހޭނީ މަގުމައްޗަށްވާގޮތަށް އެ ގެއެއްގެ ކައިރީގައެވެ.
ނަމަވެސް ކުނި ނެރެން ޖެހޭނީ ވެމްކޯއިން ކުނި ނަގާ ގަޑިތަކުގައި އެކަންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!