ގަދަޔަށް ސްނޯ ފޭބުމުގެ ސަބަބުން އެމެރިކާގެ ނިއުޔޯކް ސިޓީ ހުއްޓުމަކަށް އަތުވެއްޖެއެވެ.

ނިއުޔޯކަކީ ދުނިޔޭގައި ވެސް އެންމެ ކާރުބާރު ބޮޑު ސިޓީ އެވެ. އެ ސިޓީ ޓައިމް ސްކޮޔާ ވެސް އިއްޔެއިން ފެށިގެން އޮތީ ހަމަހިމޭންވެފަ އެވެ. މިއީ ނިއުޔޯކުގެ އެންމެބާރުބޮޑު ސަރަހައްދެވެ.

Ad
rt

އެމެރިކާގެ އުތުރު އިރުމަތީ ސަރަހައްދުގެ ސިޓީތަކަށް އަންނަނީ ހޯމަ ދުވަހުން ފެށިގެން ބޯކޮށް ސްނޯ ފައިބަމުންނެވެ. އެގޮތުން މިހާތަނަށް ނިއުޔޯކް ސިޓީއަށް އެކަނި 16.8 އިންޗިއާ ހަމައަށް ސްނޯ ވަނީ ވެހިފައެވެ.

އެ ގައުމުގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ސްނޯ ފޭބުމުގެ ސަބަބުން ގިނަ އަދަދެއްގެ ފްލައިޓާއި ރޭލު ދަތުރުތައް ވަނީ ކެންސަލްކޮށްފައެވެ. އަދި އެމެރިކާގެއެންމެ ގިނަ ބަޔަކު ދަތުރުފަތުރުކުރުމަށް ބޭނުންކުރާ ސަބްވޭތައްވެސް ވަނީ ބަންދުކޮށްފައެވެ.

އެމެރިކާގެ މޫސުމާ ބެހޭ މާހިރުން ބުނެފައިވާގޮތުގައި އެ ގައުމުގެ ހުރިހާ ސިޓީތައް އެއްކޮށްގެން 21 އިންޗިއަށް ސްނޯ ފައިބާފައިވާއިރު މިއީ މިހާތަނަށް އެ ގައުމަށްހަތަރުވަނައަށް އެންމެ ބޯކޮށް ސްނޯ ފޭބި އަހަރަށްވާނެއެވެ. 1888 ގައި ވެސް އެ ގައުމަށް 21 އިންޗިއަށް ސްނޯ ވަނީ ފައިބާފައެވެ.