މާދަމާއިން ފެށިގެން މޯލްޑިވިއަން އިން ހިދުމަތް ދެމުން އަންނަ ޓިކެޓް އޮފީސް ބަންދުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ މާދަމާއިން ފެށިގެން ހިދުމަތްދޭ ވަގުތުތަކަށް ބަދަލުގެނެސްފައިވާ ކަމަށެވެ. އެގޮތުން، ޓިކެޓް އޮފީސް ބަންދުކުރުމަށްނިންމާފައިވާއިރު ކޯލް ސެންޓަރުންނާއި ވައިބާއިން ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 9:00ން ހަވީރު 5:00އަށް ހިދުމަތްލިބޭނެކަމަށް އެ ކުންފުނިން ބުންޏެވެ.
މޯލްޑިވިއަންގެ ޓިކެޓް އޮފީސް ބަންދު ކުރި ނަމަވެސް އެ ކުންފުނީގެ ވެބްސައިޓުން ޓިކެޓު ބުކް ކުރެވޭނެއެވެ. އަދި އެ ކުންފުނީގެ ޓިކެޓް ވިއްކާ އެހެން ތަންތަނުންވެސް ޓިކެޓް ބުކް ކުރެވޭނެއެވެ.
ލަފާ ކުރެވޭގޮތުގައި މޯލްޑިވިއަން އިން މި ބަދަލު ގެނައީ ކޯވިޑް-19 ފެތުރޭތީ އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކާ ގުޅީގެން އޮންލައިންކޮށް ހިދުމަތް ހޯދުމަށް ބާރުއެޅުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!