ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ، ޗައިނާގެ އެމްޕީޓީ (މޯސްޓް ޕްރޮފެޝަނަލް ޓޫލްސް) ހޯލްސޭލްކޮށް ގަންނަ ކަސްޓަމަރުންނަށް ބެސްޓްބަޑީން ހާއްސަ ޑިސްކައުންޓް ދޭން ފަށައިފިއެވެ.

އެމްޕީ ޓޫލްސްއަކީ ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި މަޤުބޫލުކަން ހޯދަމުން އަންނަ ކޮލިޓީ ރަނގަޅު މަޝްހޫރު ބްރޭންޑެކެވެ. މި ކުންފުނިން އުފައްދާ ޓޫލްސްތަކުގެ ތެރޭގައި ތެދުއިވަޑާމާއި ކިއްސަރުވަޑާމުގައި އާއްމުކޮށް ބޭނުންކުރާ ހުރިހާ ޓޫލްސްތަކުގެ އިތުރުން ޕަވަރ ޓޫލްސް، ބެންޗް ޓޫލްސް، އެއަރ ޓޫލްސް، އިންވާޓަރ ވެލްޑިންގް މެޝިންސް އަދި ހޭންޑް ޓޫލްސް ފަދަ ތަފާތު ގިނަ ވައްތަރުގެ ޓޫލްސްތައް ހިމެނެއެވެ.

Ad
rt

ބެސްޓްބަޑީއަކީ މި ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާއެވެ. އެ ފިހާރައިން މި ބްރޭންޑު ރާއްޖެއަށް އެތެރެކުރަނީ ސީދާ ޗައިނާއިންނެވެ. އެހެންކަމުން ތަކެތީގެ ކޮލިޓީއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން އެ ފިހާރައިން ދެއެވެ.

މި ބްރޭންޑުގެ ޓޫލްސް ހޯލްސޭލްކޮށް ގަންނަން ބޭނުންވާ މީހުންގެ އިތުރުން ކުދި ކުދި ހާޑްވެއާ ފިހާރަތަކަށް ވެސް ބެސްޓްބަޑީން ސަޕްލައި ކޮށްދެއެވެ. އަދި މީގެ އިތުރުން އެމް.ޕީ.ޓީ ބްރޭންޑްގެ ޓޫލްސް އުފައްދާ ޗައިނާ ކުންފުނި މެދުވެރިކޮށް ކޮންޓެއިނަރ ބަރުކުރަން ބޭނުންވާ ފަރާތްތަކުން ޕްރީ އޯޑަރ ދިނުމުން ހީވެސް ނުކުރާހާ ހެޔޮއަގުގައި މި ބްރޭންޑްގެ ޓޫލްސް ގެނެސްދިނުމުގެ އިންތިޒާމު ބެސްޓް ބަޑީއިން ހަމަޖައްސައިދޭނެކަމަށް އެ ފިހާރައިން މަޢުލޫމާތުދެއެވެ.

އަދި އަތޮޅުތެރޭގެ ރަށްތަކުގެ ފިހާރަތަކުން މި ޓޫލްސް ވިއްކަން ބޭނުންވާނަމަ އޭޖެންޓަކަށް ވުމުގެ ފުރުސަތުވެސް ބެސްޓްބަޑީން ވަނީ ހުޅުވާލައިފައެވެ. މިގޮތަށް އެދޭ ފަރާތްތަކަށް ވެސް ހާއްސަ ޑިސްކައުންޓަކާއެކު ޓޫލްސް ސަޕްލައި ކުރާނެ ކަމަށް އެ ފިހާރައިން މައުލޫމާތުދެއެވެ.

ބެސްޓްބަޑީން އެމްޕީ.ޓީ ޓޫލްސް ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށާއި އަތޮޅުތަކުގެ އޭޖެންޓުންނަށް ވާން ބޭނުންވާ ފަރާތަތްކުން 9417856 އަށް ގުޅާލުމުން އެކަން ހަމަޖެހިގެންދާނެއެވެ.

ބެސްޓްބަޑީއަކީ ބެޓެރީ ވެހިކަލް ވިޔަފާރީގައި ރާއްޖޭގައި މަޝްހޫރުބައެކެވެ.