ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު އެސްޓީއޯއިން ވެސް ތެލުގެ އަގަށް ބަދަލު ގެނެސްފި
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވެސް ތެލުގެ އަގު ބޮޑުކޮށްފިއެވެ. އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނި މި ބަދަލާއެކު ފިޔުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް ވިއްކާ ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ލިބޭނީ 10.95ރ. އަށް ކަމަށެވެ. އަދި ޕެޓްރޯލް ލީޓަރެއް މިހާރު ލިބޭނީ 10.72ރ. އަށް ކަމަށް އެ ކުންފުނިން ބުންޏެވެ. ކުރިން ޑީސަލް ލީޓަރެއް10.27ރ. އަށް ލިބުނު އިރު ޕެޓްރޯލް ލީޓަރެއް9.74ރ. […]