އުރީދޫގެ ސުޕަނެޓުގެ ހިދުމަތް އދ. މަހިބަދޫ އަށް މިއަދު ތައާރަފުކޮށްފިއެވެ.

މިއީ ރާއްޖޭގެ އެންމެ ހަލުވި އިންޓަނެޓް ސްޕީޑު، 100 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓު ލިބޭ ހިދުމަތެވެ. ކަސްޓަމަރުންގެ ބޭނުންތަކަށް ޑިޒައިންކޮށްފައިވާ ހަލުވިސްޕީޑްގެ އިންޓަނެޓް ޕެކޭޖްތައް މި ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ

Ad
rt

މަހިބަދޫ އަށް މި ހިދުމަތް ތައާރަފު ކުރުމާ ގުޅިގެން އުރީދޫން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. މި ޕްރޮމޯޝަންގެ ދަށުން އެ ރަށުން އެންމެ ފުރަތަމަ މިހިދުމަތް ހޯދާ 20 މީހަކަށް މައިކްރޮސޮފްޓް 360 ލައިސަންސް ލިބޭނެ ކަމަށް އުރީދޫން ބުންޏެވެ.

މީގެ އިތުރުން ލ ސުޕަނެޓް 50އެމް އަދި 100އެމް ނަގާ ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓަށް އެއް މަސް ދުވަހުގެ ސަބްސްކްރިޕްޝަން ހިލޭ ލިބޭނެކަމަށް ވެސް އުރީދޫން ބުންޏެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ "ނެޓް ހެޔޮ" ޕްރޮގްރާމުގެ ދަށުން އުރީދޫން ގެނައި ބަދަލާއެކު އެއީ މިހާރު މާކެޓްގައި އެންމެ ގިނަ ފައިދާތައްލިބޭނެ ޕެކޭޖްތައް ހިމެނޭ ނެޓްވޯކު ކަމަށެވެ. އެހެންކަމުން މި ޕެކޭޖުތަކުގެ ފައިދާ ވެސް ނެއްލައިދޫ ރައްޔިތުންނަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އުރީދޫން ވަނީ "ނެޓް ހެޔޮ" ޕްރޮގްރާމުގެ ދަށުން ދާދި ފަހުން ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ގެނައި ބަދަލާއެކު ފަސް ގުނައިތުރު ސްޕީޑާއެކު 100 ޕަސެންޓް އިތުރު ޑޭޓާ އެ ކުންފުނީގެ ކަސްޓަމަރުންނަށް ލިބޭނެއެވެ. އަދި މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ ޖެހިގެން އަންނަ މަހުގައި ބޭނުންކުރެވޭގޮތަށް ވެސް އުރީދޫން ވަނީ ޕެކޭޖުތަކަށް ބަދަލު ގެނެސްފައެވެ.

ސުޕަނެޓް ހިދުމަތް ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫ ވެބްސައިޓު ore.do/getsupernet މެދުވެރިކޮށް އެ ހިދުމަތް ލިބޭނެއެވެ.