ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވެސް ތެލުގެ އަގު ބޮޑުކޮށްފިއެވެ.
އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނި މި ބަދަލާއެކު ފިޔުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް ވިއްކާ ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ލިބޭނީ 10.95ރ. އަށް ކަމަށެވެ. އަދި ޕެޓްރޯލް ލީޓަރެއް މިހާރު ލިބޭނީ 10.72ރ. އަށް ކަމަށް އެ ކުންފުނިން ބުންޏެވެ. ކުރިން ޑީސަލް ލީޓަރެއް10.27ރ. އަށް ލިބުނު އިރު ޕެޓްރޯލް ލީޓަރެއް9.74ރ. އަށް ލިބުނެވެ.
މިއީ އެސްޓީއޯއިން ފާއިތުވި އެއް މަސްދުވަހުގެ ތެރޭގައި ތެލުގެ އަގު ބޮޑު ކުރި ދެވަނަ ފަހަރެވެ. އެންމެފަހުން އެ ކުންފުނިން ތެލުގެ އަގު ބޮޑުކޮށްފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ.
އެސްޓީއޯއިން ތެލުގެ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެންނެވެ. ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ވަނީ 71 ޑޮލަރު(1،094.82ރ.) އިން 75.20 ޑޮލަރު (1،159.5ރ.) އަށް އަަރައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!