އެމެރިކާއިން ވެކްސިންގެ 5 މިލިއަން ޑޯޒު އޭޝިއާ ތިން ގައުމަކަށް ފޮނުވައިފި

60e8842428000037647018b2

އެމެރިކާއިން އޭޝިއާގެ ތިން ގައުމަކަށް ފަސް މިލިއަން ކޯވިޑް-19 ގެ ވެކްސިން ފޮނުވައިފިއެވެ.

މިއީ އެކި ޤައުމުތަކަށް އެމެރިކާއިން ހަދިޔާކުރަން ނިންމާފައިވާ ކޮވިޑް ވެކްސިންގެ 80 މިލިޔަން ޑޯޒުގެ ތެރެއިން ދޭ އެހީއެކެވެ. އެގޮތުން އޭޝިއާއިން މިއެހީ ދިންގައުމުތަކުގެ ތެރޭގައި ހިމެނެނީ އިންޑޮނޭޝިއާ، ނޭޕާލް އަދި ބޫޓާނެވެ.

އެމެރިކާއިން އިންޑޮނޭޝިޔާއަށް ފޮނުވީ މޮޑަނާ ވެކްސިންގެ ތިން މިލިޔަން ޑޯޒެވެ. ވައިޓް ހައުސް ބުނާގޮތުން އެމެރިކާއިން އިންޑޮނޭޝިޔާއަށް ފޮނުވީ އެ ގައުމަށްދިނުމަށް އެމެރިކާ ނިންމާފައިވާ ހަތަރު މިލިޔަން ޑޯޒުގެ ތެރެއިން ތިން މިލިޔަން ޑޯޒެވެ. އިތުރު އެއްމިލިޔަން ޑޯޒު ފަހުން ފޮނުވާނެއެވެ. މިއީ އެމެރިކާއިން މިހާތަނަށްގައުމަކަށް ހަދިޔާކުރާ އެންމެ ގިނަ އަދަދެއްގެ ވެކްސިން ޑޯޒުތަކެވެ.

ނޭޕާލަށް ފޮނުވީ ޖޯންސަން އެންޑް ޖޯންސަން ވެކްސިންގެ 1.5 މިލިޔަން ޑޯޒެވެ. ބޫޓާނަށް ފޮނުވީ މޮޑަނާ ވެކްސިންގެ 500,000 ޑޯޒެވެ.

ވައިޓް ހައުސްއިން ބުނާގޮތުން ވިއެޓްނާމް، ފިލިޕީންސް، ތައިލެންޑް، ލާއޯސް، ޕަޕުއާ ނިޔު ގިނީ ، ކެމްބޯޑިއާ އަދި މެލޭޝިއާއަށްވެސް ވެކްސިން ގެ ޑޯޒުތަކެއް ދިނުމުގެމަސައްކަތް ދަނީ ކުރިއަށެވެ.

އޭޝިއާގެ ގައުމުތަކުގައި ކޯވިޑް-19 ފެތުރޭތީ ވެކްސިން ޖެހުން އިތުރު ކުރުމަށް ބޮޑެތި ގައުމުަތަކުން ދަނީ ބާރު އަޅަމުންނެވެ. އޭޝިއާގެ ގިނަ ގައުމުތަކުގައި ޑެލްޓާވޭރިއަންޓު ވެސް ދަނީ ހަކުވިކަމާއެކު ފެތުރެމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *