އުރީދޫގެ އަތޮޅު ދުވުން މިއަހަރުވެސް ބާއްވަން ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރާއްޖޭގައި ބޭއްވި ފުރަތަމަ ނޭޝަން ވައިޑް ވާޗުއަލް ރަން "އުރީދޫ އަތޮޅު ދުވުން" ފުރަތަމަ ފެށީ މިދިޔަ އަހަރު އެ ކުންފުނީގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. މިދުވުމުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި ހިސާބުތަކުން 5،000 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވިއެވެ.

Ad
rt

މިއަހަރުގެ ދުވުމުގައި ރަޖިސްޓާ ވަނީ އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށެވެ. މި އަހަރުގެ ދުވުމުގައި ފަސް ކިލޯމީޓަރުގެ އިތުރުން، އަލަށް ތައާރަފް ކުރާ 10 ކިލޯމީޓަރުގެކެޓެގަރީއަށް ރެޖިސްޓާވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

ދެ ކެޓެގަރީގައި ބައިވެރިވުމަށް ބޭނުންވާ ދުވުންތެރިން ދެ ކެޓެގަރީއަށް ވަކިން، މި މަހުގެ 27ގެ ހަވީރު 6:00 ގެ ކުރިން ރެޖިސްޓާވެ މުޅިއެކު 15 ކިލޯމީޓަރު ފުރިހަމަކުރަން ޖެހޭނެއެވެ. މި ދުވުމަކީ، އެކަނި އަދި އާއިލާ އާއި ރައްޓެހިންނާއެކުގައި ވެސް، ގައިދުރުކަމާ އެކު ބައިވެރިވެ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ދުވުމެކެވެ. މިދުވުމުގައި ފަސް އަހަރުން މަތީގެ ކޮންމެ މީހަކަށް ބައިވެރިވެވޭއިރު އޯގަސްޓް 1-7އާއި ދެމެދު ދުވުން ފުރިހަމަ ކުރަން ޖެހޭނެއެވެ.

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެން ނިޔާޒް ވިދާޅުވީ، ވާޗުއަލް ދުވުމެއްގެ ގޮތުގައި މި ދުވުން ފަރުމާކޮށްފައި މިވަނީ ޕެންޑެމިކްއާ އެކު އެންމެން އެއްތަންވެގެންއުޅެވެން ނެތުމުގެ ސަބަބުން ކަމަށެވެ.

"އަތޮޅު ރަންގެ މައިގަނޑު މަގްސަދަކީ ކުޅިވަރު މެދުވެރިކޮށް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު ދައްކައިދިނުން. އެއް އިވެންޓެއްގައި އެކި ކަންކޮޅުތަކުންބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުން މިދުވުމަށް ވަރަށް ހޫނު ތަރުހީބެއް ލިބިގެންދިޔަ،" ނިޔާޒު ވިދާޅުވިއެވެ.

މި ދުވުމުގައި ބައިވެރިވާން ރެޖިސްޓްރީވުމުން ޑިޖިޓަލް ބިބް އަދި ކޮންފަމޭޝަން މެސެޖެއް ފޯނަށް ލިބޭނެއެވެ. ރެޖިސްޓާކުރާ ދުވުންތެރިންގެ ދުވުން ސްޓްރާވާ އެޕް، ގާމިން ކަނެކްޓް، ރަންޓާސްޓިކް، ނައިކް ރަން ކްލަބް ނުވަތަ ރަންކީޕާ އެޕްލިކޭޝަން މެދުވެރިކޮށް ޓްރެކްކުރެވޭނެއެވެ.