ބެސްޓް ބަޑީ ފިހާރައިން ކުޅުދުއްފުށީ ސިޓީ ކައުންސިލަށް 1500 މާސްކު ހަދިޔާކޮށްފިއެވެ.
މިއީ ކޯވިޑް-19އިން އަރައިގަތުމަށް ކައުންސިލުން ކުރަމުން އަންނަ މަސައްކަތަކަށް އެހީވުމަށް އެ ފިހާރައިން ދިން ހަދިޔާ އެކެވެ.
ސިޓީ ކައުންސިލުން ބުނީ މި ދުވަސްވަރު އެ ސިޓީގެ ވިޔަފާރިތަކުން ކައުންސިލަށް އެހީތައް ލިބެމުން އަންނަ ކަމަށެވެ. އަދި އެކަމަށް ހުރިހާ ވިޔަފާރިތަކަށްކައުންސިލުން ވަނީ ޝުކުރު އަދާ ކޮށްފައެވެ.
ބެސްޓްބަޑީއަކީ ކުޅުދުއްފުށީގެ އިތުރުން މާލޭގައި ވެސް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރާ ބައެކެވެ. ރަށު ޕިކަޕްގެ އިތުރުން ހާޑްވެއާއާއި، ޓޫލްސްއާއި، ގެދޮރު އިމާރާތްކޮށް، ފިނިޝިންގގެ މަސައްކަތާގުޅޭ ގިނަ ބާވަތްތަކެއް އެ ފިހާރަތަކުން ހެޔޮ އަގުގައި ލިބެން ހުރެއެވެ.
ބެސްޓް ބަޑީގެ ފިހާރަތަކަކީ ވޭތުވެ ދުވަސްތަކުގައި އެ ފިހާރަތަކުން ފޯރުކޮށްދޭ ޚިދުމަތް ކަސްޓަމުންގެ އިތުބާރު ހޯދާފައިވާ، ކަސްޓަމަރުންގެ މެދުގައި މަގްބޫލް ފިހާރަަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!