Skip to main content

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,044 Stories
2,102 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

ފީވަކުގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ފަށައިފި
Thiladhunmathi News

ފީވަކުގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ފަށައިފި

ށ. ފީވަށް ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަސައްކަތް ފެށީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. މި މަޝްރޫޢުގެ ދަށުން، 8400 އަކަ މީޓަރުގެ ސަރަހައްދެއް ސާފުކޮށް، ފުޓްބޯޅަ ދަނޑުގެ 2940 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ކޮނުމާއި، ކޮނުމަށްފަހު ބިންގަނޑުއެއްވަރުކުރަން 4511.70 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި، 460.29 އަކަ މީޓަރުގެ ސަރަޙައްދެއްގައި ކާނުގަނޑު ވަށައިގެން ޕޭވްމަންޓް ހެދުމުގެ...

ބީސީސީގެ ކޯ-ވޯކްްސްޕޭސް ހުޅުވައިފި
Business

ބީސީސީގެ ކޯ-ވޯކްްސްޕޭސް ހުޅުވައިފި

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ކޯ-ވޯކް ސްޕޭސްއެއް އިއްޔެ ހުޅުވައިފިއެވެ. “ސީޑް ބައި ބީސީސީ”ގެ ނަމުގައި ހުޅުވި މި ވޯކް ސްޕޭސް އަކީ ފްރީލާންސަރުންނަށާއި އަލަށް ވިޔަފާރި ފަށާ މީހުންނަށް މަސައްކަތް ކުރާނެ މާހައުލެއް ހޯދައި ދިނުމަށްހުޅުވި ތަނެކެވެ. މި ވޯކް ސްޕޭސް ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ. މި ރަސްމިއްޔާތުގައި ޔޫއެންޑީޕީން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓްރެޕްރެޒެންޓޭޓިވް ވެރާ ހަކީމް އާއި ޖަޕާން އެމްބަސީގެ އިކޮނޮމިކް ކޯޕަރޭޝަން ހެޑް، ނައޯކޯ ޔު...

ކޯވިޑުގައި މަރުވި މީހުންގެ އަދަދު ހަތަރު މިލިއަނަށްވުރެ މައްޗަށް
International

ކޯވިޑުގައި މަރުވި މީހުންގެ އަދަދު ހަތަރު މިލިއަނަށްވުރެ މައްޗަށް

ކޯވިޑް-19 ގައި، ދުނިޔޭގެ އެކި ގައުމުތަކުން މަރުވި މީހުންގެ ޖުމްލަ އަދަދު ހަތަރު މިލިއަނަށް ވުރެ މައްޗަށް ހިނގައްޖެއެވެ. ޖޯން ހޮޕްކިންސް ޔުނިވަސިޓީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މުޅި ދުނިޔެ އިން މަރުވި ޖުމްލަ މީހުންގެ ތެރެއިން، ތިން ބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުންނަކީއެންމެ ތިން ގައުމުން މަރުވި މީހުންނެވެ. މީގެ ތެރެއިން މިހާތަނަށް އެންމެ ގިނަ މީހުން މަރުވީ އެމެރިކާ އިންނެވެ. އެގޮތުން މުޅި ދުނިޔޭން މަރުވި މީހުންގެ 15 އިންސައްތަ އަކީ އެމެރިކާއިން […]

މާލެއާއި ހުޅުމާލެއާއި ހުޅުލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅުވާލައިފި
Business

މާލެއާއި ހުޅުމާލެއާއި ހުޅުލެ ކަރަންޓުގެ އެއް ވިއުގައަކުން ގުޅުވާލައިފި

މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ކަރަންޓުގެ އެއް ވިއުގަކުން ގުޅާލުމަށް ކުރިއަށް ގެންދިޔަ އިންޓަކަނެކްޝަން ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް އިއްޔެ ނިންމާލައިފިއެވެ. މި މަޝްރޫއު އިފްތިތާހު ކޮށްފައިވަނީ ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ޖުލައި 2016 ގައެވެ. ”ސްޓެލްކޯ ފިފްތް ޕަވާ“ ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދެން އޮންނާނީ އެނަޖައިޒް ކުރުމުގެ ކުރުމުގެ މަސައްކަތެވެ. އެ މަސައްކަތް އަންނަ ހުކުރުދުވަހު ނިންމާލެވޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. މި މަޝްރޫއުގެ ދަށުން...

ސ. ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިއްޖެ
Business

ސ. ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިއްޖެ

ސ. ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ 63 އިންސައްތަ ނިމިއްޖެ ކަމަށެވެ. އެގޮތުން، އައު ހާބަރ ބޭސިން ފުކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން 88،623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 114 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 624 މީޓަރުގެސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 742 މީޓަރުގެ ސަރަހައްދެއްގައި...

ދަރަނބޫދޫ ބަނދަރުގެ 84 އިންސައްތަ މަސައްކަތް ނިމިއްޖެ
Business

ދަރަނބޫދޫ ބަނދަރުގެ 84 އިންސައްތަ މަސައްކަތް ނިމިއްޖެ

ފ. ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 84 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް  މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ކުރިން ފުންކޮށްފައިވާ ބަނދަރު އަލުން ފުންކުރުމުގެ މަސައްކަތް ނިމިފައި ވާކަމަށެވެ. މި މަޝްރޫއުގެ ދަށުން، 46,600 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 253 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 410 މީޓަރުގެސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނ...

މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދުނު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
Business

މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދުނު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާލޭގެ ބައެއް ސަރަހއްދުތަކުން މާދަމާ ހެނދުނު ކަރަންޓް ކެނޑުން އެކަށީގެންވާ ކަމަށް ސްޓޭޓް އިލްކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ. ސްޓެލްކޯއިން ބުނީ އިންޓަކަނެކްޝަން މެދުވެރިކޮށް މާލެ، ހުޅުމާލެ އަދި ހުޅުލެ، އެއް ވިއުގައަކުން ގުޅާލުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައިމާދަމާ ހެނދުނު 7:00 އިން 9:00 އަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލަން ޖެހުމަކީ އެކަށީގެންވާ ކަމަށެވެ. ނަމަވެސް، މަސައްކަތް ނިމުނުހާއަވަހަކަށް ކަރަންޓުގެ ހިދުމަތް އަލުން ހިދުމަތް...

ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ލަންކާ ހުޅުވާލައިފި، ކަރަންޓީނުގައި 1 ދުވަސް
Raajje

ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ލަންކާ ހުޅުވާލައިފި، ކަރަންޓީނުގައި 1 ދުވަސް

ކޯވިޑް-19އާ ގުޅިގެން ލަންކާގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް މިއަދުން ފެށިގެން ލުއި ދީފިއެވެ. ލަންކާގެ ހެލްތު މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނީ ވެކްސިން ފުރިހަަމަކޮށް 14 ދުވަސް ވެފައިވާ މީހުން ދެން އެ ގައުމަށް ގޮސް ކަރަންޓީން ވާން ޖެހޭނީ އެންމެ ދުވަހަކު ކަމަށެވެ. އެއީ އެ ގައުމަށް ދިއުމުން ހަދާ ޕީސީއާރު ޓެސްޓުގެ ނަތީޖާ ލިބެންދެނެވެ. ޕީސީއާރު ޓެސްޓުގެ ނަތީޖާ ނެގެޓިވްވެއްޖެ ނަމަ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަން ނުޖެހޭނެ ކަމަށް […]

ތިލަފުށީ ހާބަރ ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
Business

ތިލަފުށީ ހާބަރ ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ކ. ތިލަފުށީގެ ހާބަރ ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ. އެ ކުންފުނިން ބުނިގޮތުގައި މަޝްރޫއުގެ 60 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ވަރކްޝޮޕް އިމާރާތް ކުރުމުގެ މަސައްކަތުގެ 85 އިންސައްތަ އާއި ހެވީވެހިކަލް ޕާރކް ކުރާނެ ސަރަޙައްދެއް ހެދުމުގެ މަސައްކަތުގެ 70 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫޢުގެ ދަށުން ސިވިލް […]

ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި
Business

ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި

މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓްސައިޓަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ދިއްގަރަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހުކަމަށެވެ. މި މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމާއި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި ބޭރުތޮށިލުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށް...

ވެކްސިން ފުރިހަމަ ކުރުމުން ރިސޯޓު މުވައްޒަފުންނަށް ރަށަށް ދެވޭނެ
Raajje

ވެކްސިން ފުރިހަމަ ކުރުމުން ރިސޯޓު މުވައްޒަފުންނަށް ރަށަށް ދެވޭނެ

ވެކްސިން ފުރިހަމަ ކޮށް 14 ދުވަސް ވުމުން ރިސޯޓު މުވައްޒަފުންނަށް ރަށަށް ދެވޭ ގޮތް ހަދައިފިއެވެ. ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާމުވައްޒަފުންނަށް ކަރަންޓީން ނުވެ ރަށަށް ދެވޭނެ ކަމަށެވެ. އަދި ރަށަށް ދެވޭނީ ވެކްސިން ޖެހިތާ 14 ދުވަސްވެ، ނެގެޓިވްޕީސީއާރު ނަތީޖާއަކާ އެކުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރިސޯޓު މުވައްޒަފުންނަށް ރަށަށް ދާން ހުއްދަ ދިން ނަމަވެސް މޮނިޓަރިންގައި އޮތް ރަށްތަކަށް ނުދެވޭނެ ކަމަށް […]

ރ. ވާދޫ މިސްކިތުގެ ނުނިމި ހުރި ބައި ހައިމަން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި
Business

ރ. ވާދޫ މިސްކިތުގެ ނުނިމި ހުރި ބައި ހައިމަން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި

ރ.ވާދޫގައި އިމާރާތްކުރަމުންދާ މިސްކިތުގެ ނުނިމި ހުރި މަސައްކަތް ކުރުމަށް ހައިމަން ކޮންސްޓަރަކްޝަން އާއި ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަހުނަދު ޒާހިރު އަލީއެވެ. އަދި ހައިމް ކޮންސްޓްރަކްޝަނުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ހަބީބެވެ. މިއީ 4.3 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. ރ.ވާދޫގައި އަލަށް އިމާރާތްކުރަމުންދާ މިސްކިތުގައި ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ހައިމަން ކޮންސްޓްރަކްޝަން ޕްރައި...

އެމްޓީސީސީ "ހުނަވަރު" ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި، މަހަކު 5،000ރ. ލިބޭނެ
Business

އެމްޓީސީސީ "ހުނަވަރު" ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި، މަހަކު 5،000ރ. ލިބޭނެ

މަސައްކަތުގެ މާހައުލުގައި ތަޖުރިބާ ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށް ގެންދާ “ހުނަވަރު” ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމުގެ ދަށުން އެމްޓީސީސީގެ ކޮންސްޓްރަކްޝަން ސައިޓުތަކުގެ އެސިސްޓެންޓް ސުޕަވައިޒަރުންނާއި މަގު ހެދުމުގެ މަޝްރޫއުތަކަށް ބޭނުންވާމުވައްޒަފުންނާއި ވެލްޑިން ދާއިރާ އިން މުވައްޒަފުން ތަމްރީނު ކުރާނެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހާހ...

ކަމަދޫ ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށް
Business

ކަމަދޫ ފެނާއި ނަރުދަމާގެ މަސައްކަތް ބާރަށް ކުރިއަށް

ބ. ކަމަދޫ ފެނާއި ނަރުދަމާ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ ފެސިލިޓީ އިމާރާތުގެ މަސައްކަތް ކަމަށެވެ. މި މަޝްރޫއަށްބޭނުންވާ ހޮޅި އާއި އެހެނިހެން ސާމާނު މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ […]

ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ
Thiladhunmathi News

ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ

ހދ. ހަނިމާދޫ މަގުހެދުމުގެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބަނދަރުގެ ހިނގާ ސަރަހައްދުގެ މަަސައްކަތް ކަމަށެވެ. މި މަސައްކަތުގެ  91 އިންސައްަތަ ނިމިފައިވާކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫޢުގެ ދަށުން، 16،518 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ޤާއިމުކޮށް، 38،916 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމު ކުރުމުގެ އިތުރުން، […]