ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 53 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ބުނީ މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަހައްދެއްގެ އެއްގަމު ތޮށި ލުން ހިމެނެއެވެ.
މީގެއިތުރުން 284 މީޓަރުގެސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް ކުރާނެއެވެ.
ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިއްޖެ. އަދި ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައި. މި މަޝްރޫޢުއަކީ 51.7 މިލިއަން ރުފިޔާގެ މަޝްރޫޢެއް.#MTCCProjects pic.twitter.com/EKVq4LirJL
— MTCC Plc (@MTCCPlc) July 12, 2021
މި މަޝްރޫޢުގެ ދަށުން ކުރާނެ އިތުރު މަސައްކަތްތަކުގެ ތެރޭގައި، ބަނދަރު މަގުބައްތިއާއި ނެރު ބައްތި ހަރުކުރުން ވެސް ހިމެނޭއިރު، 4,582 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ކުރާނެއެވެ.
މިއީ 51.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެމްޓީސީސީން ދަނީ ހަލުވުކަމާއެކު، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްގީގެ ބިޔަ އަދި އެކި ފަންތީގެ މަޝްރޫޢުތަކު މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!