Skip to main content

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,046 Stories
2,140 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ ދަށްވެއްޖެ
Business

މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ ދަށްވެއްޖެ

އިމްޕޯޓާއި އެކްސްޕޯޓުން މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 17 އިންސައްތަ ދަށްވެއްޖެއެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިމްޕޯޓާއި އެކްސްޕޯޓުން މިދިޔަ މަހު ދައުލަތަށް ލިބުނީ 242 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ލިބުނީ 293 މިލިއަން ރުފިޔާއެވެ. އިމްޕޯޓާއި އެކްސްޕޯޓުން ލިބުނު އާމްދަނީ ދަށްވެފައިވާއިރު މިދިޔަ އަހަރުގެ ޖުލައި މަހަށް ވުރެ މިދިޔަ މަހު އިމްޕޯޓްކުރި މުދަލާއި އެކްސްޕޯޓް ކުރި މުދާ ވަނީ އިތުރުވެފައެވެ. […]

ގެސްޓުހައުސްތަކާއި ސަފާރީތަކަށް އީޔޫއިން ދެ މިލިއަން ޔޫރޯ ދެނީ
Business

ގެސްޓުހައުސްތަކާއި ސަފާރީތަކަށް އީޔޫއިން ދެ މިލިއަން ޔޫރޯ ދެނީ

ރާއްޖޭގެ ގެސްޓުހައުސްތަކާއި ސަފާރީތަކުގެ އިންޑަސްޓްރީ ކުރިއަރުވަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދެ މިލިއަން ޔޫރޯ (35 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދޭން އެއްބަސްވެއްޖެއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެހީވުމަށް ރާއްޖެއާއެކު ވި އެއްބަސްވުމުގައި އީޔޫގެ ފަރާތުން ސޮއިކުރެއްވީއެ އިއްތިހާދުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސްއެވެ. މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ސޮއިކުރެއްވީ އެ ކުންފުނީ...

ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ސައިޓު މޮބިލައިޒް ކޮށްފި
Business

ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ސައިޓު މޮބިލައިޒް ކޮށްފި

ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ސައިޓު މޮބިލައިޒް ކުރީ މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. މި މަޝްރޫއުގެ ދަށުން، ކޮނުމަށްފަހު ބިންގަޑު އެއްވަރުކުރަން 11,700ކިއުބިކް މީޓަރުގެ ވެލިބޭނުންކުރުމާއި، ބެޑު ތައްޔާރުކުރުމާއި، 280 މީޓަރުގެ ސަރަހައްދެއްގައިޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. ބ. ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމު...

ހުޅުމާލޭގެ ޑްރައިވިން ޓްރެކް ހަދަން ބޭނުންވާ ތަކެތި އެމްޑަބްލިއުއެސްސީން ޓްރާންސްޕޯޓާ ހަވާލުކޮށްފި
Business

ހުޅުމާލޭގެ ޑްރައިވިން ޓްރެކް ހަދަން ބޭނުންވާ ތަކެތި އެމްޑަބްލިއުއެސްސީން ޓްރާންސްޕޯޓާ ހަވާލުކޮށްފި

ހުޅުމާލޭގައި ޑްރައިވިން ޓްރެކެއް ހެދުމަށް ބޭނުންވާ ތަކެތި މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ޓްރާންސްޕޯޓް މިނިސްޓްރީއާއި ހަވާލުކޮށްފިއެވެ. މިއަދު ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަައި މި ތަކެތި މިނިސްޓްރީއާ ހަވާލު ކުރެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ. އަދި މިނިސްޓްރީގެ ފަރާތުން މިތަކެއްޗާ ހަވާލުވެވަޑައިގަތީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ. މި ޓްރެކަކީ ދުއްވަން ދަސްކުރާ މީހުންނަށް ހާއްސަ ކޮށްގެން ޓްރާންސްޕޯޓ...

މޫޑީސްގެ ރޭޓިން ގޯސް: ފިނޭންސް
Business

މޫޑީސްގެ ރޭޓިން ގޯސް: ފިނޭންސް

މޫޑީސް އިން ރާއްޖެއަށް ރޭޓިން ދީފައިވަނީ އިގްތިސާދަށް އައި ބަދަލުތަކަށް ރިއާޔަތް ނުކޮށް ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފިއެވެ. އެ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނީ މޫޑީސް އިން ރޭޓިން ދަށްކުރިއިރު ރާއްޖޭގެ އިގްތިސާދު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ދަރަނި ދެއްކޭނެ ގާބިލުކަން ސަރުކާރުގައި އެބަހުރި ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ. މޫޑީސް އިން ވަނީ ރާއްޖޭގެ ދަރަނި އިތުރުވެ ދެއްކުން ލަސްވާނެ ކަމަށް ލަފާކޮށް ރޭޓިން ބީ3 އިން ސީއޭއޭ1 އަށް ދަށްކޮށްފައެވެ. […]

ސ. ހިތަދޫ އިހުގެ ބަނދަރުގެ މަސައްކަތް ކުރިއަށް
Business

ސ. ހިތަދޫ އިހުގެ ބަނދަރުގެ މަސައްކަތް ކުރިއަށް

ސ. ހިތަދޫ އިހުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފިއެވެ. މި މަސައްކަތްފަށާފައި ވަނީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން 234,297 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 800 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 284 މީޓަރުގެސަރަހައްދެއް...

ހިމަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި
Business

ހިމަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

އއ. ހިމަންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާ ކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިންބުނެފިއެވެ. އެ ކުންފުނިން ބުނީ، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތްތައްކަމަށެވެ. އަދި ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި މިހާރު ހިމަންދޫއަށް ގެންގޮސްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގައި ހ...

މޫޑީސް އިން ރާއްޖޭގެ ރޭޓިން ދަށްކޮށްފި
Business

މޫޑީސް އިން ރާއްޖޭގެ ރޭޓިން ދަށްކޮށްފި

މޫޑީސް އިންވެސްޓާސް ސާވިސަސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސޫއޭއޭ1 އަށް ދަށްކޮށްފިއެވެ. މޫޑީސް އިން މިދިޔަ އަހަރު ރާއްޖެއަށް ދީފައިވަނީ ބީ3ގެ ރޭޓިންއެކެވެ. ސީއޭއޭ1 އަކީ އެއަށްވުރެ ދަށު ދަރަޖައެވެ. ރޭޓިން ދަށްކުރިނަމަވެސް އައުޓްލުކް ވަނީ ސްޓޭބަލް އަށް ބަދަލުކޮށްފައެވެ. ކުރިން ރާއްޖޭގެ އައުޓްލުކް ހުރީ ނެގެޓިވްގައެވެ. މޫޑީސް އިން ބުނީ ރާއްޖޭގެ ޓޫރިޒަމް މިއަހަރު ރަނގަޅުވި ނަމަވެސް ރޭޓިން ދަށްކުރަން ޖެހުނީ ހީކުރި ވަރަށްވުރެ ރާއްޖޭގެ ދަރަނި ބޮޑުވެފައިވާތީ ކަމަށެވެ. އަދި ކުރިއަށްއޮތް އަހަރުތަކުގައި […]

އަފްގާނިސްތާނުގައި އެމެރިކާގެ ނާކާމިޔާބީ ބައިޑެން އެޅުވީ ޓްރަމްޕް ބޮލުގައި
International

އަފްގާނިސްތާނުގައި އެމެރިކާގެ ނާކާމިޔާބީ ބައިޑެން އެޅުވީ ޓްރަމްޕް ބޮލުގައި

އަފްގާނިސްތާނުގެ ވެރިކަން ވައްޓާލައި ތާލިބާނުން އެ ގައުމު ހިފާފައިވާއިރު އެ ގައުމުގައި ތިބި އެމެރިކާ ސިފައިންގެ ނާކާމިޔާބީއަކީ ޓްރަމްޕްގެ ސަބަބުން ލިބުނުނާކާމިޔާބީއެއް ކަމަށް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ބުނެފިއެވެ. ބައިޑެންގެ ސަރުކާރުން މިގޮތަށް ތުހުމަތު ކުރަނީ ވެރިކަމާ ހަވާލުވިތާ ހަތް މަސް ވެފައިވާއިރު އަފްގާނިސްތާނުގެ މައްސަލާގައި އޭނާގެ ސަރުކާރަށް ތައްޔާރު ނުވެވޭ ކަމަށްއެ ގައުމުގެ ސިޔާސީ އިސް ބޭފުޅުންތައް ވިދާޅުވާން ފެށުމުންނެވެ. އޭނާގެ ސަރުކާރުގެ އޮފިޝަލުން ބުނިގޮތުގަ...

އުރީދޫ އާއި އޯކާ ގުޅިގެން ރާއްޖެ ޕްރޮމޯޓު ކުރަން ކެމްޕޭނެއް
Business

އުރީދޫ އާއި އޯކާ ގުޅިގެން ރާއްޖެ ޕްރޮމޯޓު ކުރަން ކެމްޕޭނެއް

އުރީދޫ އާއި އޯކާ މީޑިއާ ގްރޫޕް ގުޅިގެން ރާއްޖެ ޕްރޮމޯޓް ކުރަން ކެމްޕޭނެއް ފަށައިފިއެވެ. މިއީ މިދިޔަ އަހަރު އެ ދެ ކުންފުންޏާއި އެމްއެމްޕީއާރުސީ ގުޅިގެން ފެށި “ވިޒިޓް މޯލްޑިވްސް ނައު” ކެމްޕޭނުގެ ދަށުން ފެށި ސޯޝަލް މީޑިއާ ކެމްޕޭނެކެވެ. މި ކެމްޕޭނުގެދަށުން ރާއްޖޭގެ ސަގާފަތާއި މަންޒަރުތައް ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްގެން އިނާމުތަކެއް ލިބޭނެއެވެ. ފަސް މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކެމްޕޭނުގައި ފޮޓޯ އާއި ވީޑިއޯ ހުށަހަޅަން ޖެހޭނީ ކޮންމެ […]

ކަރަންޓުގެ ސިނާއަތަށް އަންހެނުން ނެރުމަށް ސްޓެލްކޯއިން ހިތްވަރުދޭނެ: މުޣުނީ
Business

ކަރަންޓުގެ ސިނާއަތަށް އަންހެނުން ނެރުމަށް ސްޓެލްކޯއިން ހިތްވަރުދޭނެ: މުޣުނީ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަކީ ކަރަންޓުގެ ސިނާއަތަށް އަންހެނުން ނެރޭ، އަދި މި ސިނާއަތައް ނުކުތުމަށް އަންހެނުންނަށް ހިތްވަރުދޭ ކުންފުންޏެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ. މުޣުނީ މިހެން ވިދާޅުވީ، ކަރަންޓުގެ ސިނާއަތުގައި ކަނބަލުންގެ ދައުރު އިތުރު ކުރުމަށް ސްޓެލްކޯއިން ކަނބަލުންނަށް ހާއްސަކޮށްގެން ހިންގި ނޭޝަނަލް ސެޓިފިކެޓް 3 އިން އިލެކްޓްރީޝަން ކޯހުގެ ނިންމުން ފާހަގަކޮށް، ދަސްވެނިވި ފަރާތްތަކަށް ސެޓިފިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމި...

އިމްޕޯޓަރުން ދެން ފައިސާ ދައްކަން ޖެހޭނީ "މައި ބަނދަރު" މެދުވެރިކޮށް
Business

އިމްޕޯޓަރުން ދެން ފައިސާ ދައްކަން ޖެހޭނީ "މައި ބަނދަރު" މެދުވެރިކޮށް

ރާއްޖެއަށް މުދާ އިމްޕޯޓު ކުރާ ފަރާތްތަކުން މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) ގެ އޮންލައިން ޕޯޓަލް “މައި ބަނދަރު” މެދުވެރިކޮށް ފައިސާ ދައްކަން ޖެހޭ ގޮތްހަދައިފިއެވެ. މި ބަދަލު އެ ކުންފުނިން ގެނެސްފައިވަނީ އިއްޔެއިން ފެށިގެންނެވެ. ޕޯޓަލް މެދުވެރިކޮށް ފައިސާ ބަލައިގަންނަން ފަށާނެ ކަން މިދިޔަ މަހު އެމްޕީއެލް އިން ވަނީއަންގައިފައެވެ. މި ބަދަލާއެކު ޕޯޓަލް މެދުވެރިކޮށް ފައިސާ ދެއްކެން ހުންނަ ހިދުމަތްތަކަށް، ބޭންކަށް ސީދާ ފައިސާ ޖަމާކޮށްގެން ފައިސާ ބަލައި ނުގަންނާނެއެވެ. އަދި ޕޯޓަލް މެދުވެރިކޮށް […]

އަނެއްކާވެސް އާރުޑީސީގެ އޮފީސް ފަޅާލައިފި
Business

އަނެއްކާވެސް އާރުޑީސީގެ އޮފީސް ފަޅާލައިފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ އޮފީސް އަނެއްކާވެސް ފަޅާލައިފިއެވެ. ފުލުހުން ބުނީ، އާރުޑީސީގެ އޮފީސް ފަޅާލައި ވައްކަން ކޮށްފައިވާ މައްސަލައެއް މިއަދު ހެނދުނު 7:48 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި މިހާރު ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުންޏެވެ. އާރުޑީސީ އޮފީސް ފަޅާލި ކަން ފުލުހުން ބުނި ނަމަވެސް އިތުރު ތަފްސީލެއް ދީފައި ނުވެއެވެ. އެނގިފައިވާ ގޮތުގައި އޮފީސް ފަޅާލުމުގައި ބައިބެރިވީ އެންމެ މީހެކެވެ. އޭނާ އޮފީސް ފަޅާލީ ސީލިން ނައްޓާލުމަށްފަހު ކަމަށްވެސް...

ތާލިބާނުން ކާބުލް ހިފައިފި
International

ތާލިބާނުން ކާބުލް ހިފައިފި

އަފްގާނިސްތާނުގެ ރައީސް އަޝްރަފު ޣަނީ ގައުމު ދޫކޮށް ވަޑައިގަތުމާއެކު ތާލިބާނުން އެ ގައުމުގެ ވެރިރަށް ކާބުލް ހިފައިފިއެވެ. ތާލިބާނުގެ ޕޮލިޓިކަލް ބިއުރޯ ހިންގުމާ ހަވާލުވެހުރި މުއްލާ އަބްދުލް ގަނީ ބަރާދަރު ވީޑިއޯ މެދުވެރިކޮށް ދިން ބަޔާނެއްގައި ބުނެފައިވަނީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމުގައި ހަގީގީ އިމްތިހާނާ ކުރިމަތިވާނީ ގައުމު ހިންގުމާ ހަވާލުވުމަށްފަހު ކަމަށެވެ. މިއާއެކު ތާލިބާނު ލީޑަރުން ގައުމުގެ އެންމެ އިސް ރިޔާސަތުގައި ތިބޭ ފޮޓޯތަކެއް ވަނީ އާއްމުކޮށްފައެވެ. އަޝްރަފު ޣަނީ ގަ...

ފީވަކު ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރަން އެމްޓީސީސީއަށް
Business

ފީވަކު ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރަން އެމްޓީސީސީއަށް

ށ. ފީވަށް، ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. ޔޫތު މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާއެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އިބްރާހީމެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 68.2 މިލިއަން ރުފިޔާއަށެވެ. MTCC has signed with @MoYSCEmv towards implementing...