ށ. ފީވަށް، ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
ޔޫތު މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާއެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އިބްރާހީމެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 68.2 މިލިއަން ރުފިޔާއަށެވެ.
MTCC has signed with @MoYSCEmv towards implementing Sh. Feevah Football Ground Subbase Preparation Project. The value of the project is MVR 2.68 million and the physical works of the project is currently ongoing. #MTCCProjects pic.twitter.com/RJOV2EaImW
— MTCC Plc (@MTCCPlc) August 15, 2021
މި މަޝްރޫއުގެ ދަށުން، 8400 އަކަ މީޓަރުގެ ސަރަހައްދެއް ސާފުކުރުމާއި ފުޓްބޯޅަ ދަނޑުގެ 2940 ކިއުބިކް މީޓަރުގެ ސަރަހައްދެއް ކޮނުމާއި ބިންގަނޑު އެއްވަރުކުރަން 70.4511 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި 29.460 އަކަ މީޓަރުގެ ސަރަހައްދެއްގައި ކާނުގަނޑު ވަށައިގެން ޕޭވްމަންޓް ހެދުމާއި ކާނު ގަނޑަކާއި ފެން ހިންދާވަޅުގަނޑެއް ކޮނުމުގެ މަސައްކަތް ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!