މޫޑީސް އިންވެސްޓާސް ސާވިސަސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސޫއޭއޭ1 އަށް ދަށްކޮށްފިއެވެ.
މޫޑީސް އިން މިދިޔަ އަހަރު ރާއްޖެއަށް ދީފައިވަނީ ބީ3ގެ ރޭޓިންއެކެވެ. ސީއޭއޭ1 އަކީ އެއަށްވުރެ ދަށު ދަރަޖައެވެ.
ރޭޓިން ދަށްކުރިނަމަވެސް އައުޓްލުކް ވަނީ ސްޓޭބަލް އަށް ބަދަލުކޮށްފައެވެ. ކުރިން ރާއްޖޭގެ އައުޓްލުކް ހުރީ ނެގެޓިވްގައެވެ.
މޫޑީސް އިން ބުނީ ރާއްޖޭގެ ޓޫރިޒަމް މިއަހަރު ރަނގަޅުވި ނަމަވެސް ރޭޓިން ދަށްކުރަން ޖެހުނީ ހީކުރި ވަރަށްވުރެ ރާއްޖޭގެ ދަރަނި ބޮޑުވެފައިވާތީ ކަމަށެވެ. އަދި ކުރިއަށްއޮތް އަހަރުތަކުގައި ދައުލަތުގެ ފިސްކަލް ޑެފިސިޓް ވެސް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ފިސްކަލް ޑެފިސިޓް އިތުރުވާނެ ކަމަށް މޫޑީސް އިން ލަފާ ކުރަނީ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ކުރަން ޖެހޭ ހަރަދުތައް އިތުރުވާނެތީއެވެ. މީގެ ސަބަބުން ބޭރުގެގައުމުތަކުން ފައިސާ ހޯދަން މަޖުބޫރުވާނެ ކަމަށާއި މިއާއެކު ދަރަނި ދެއްކުން ލަސްވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
މޫޑީސް އިން ލަފާ ކޮށްފައިވާ ގޮތުގައި ރާއްޖޭގެ އުފެއްދުންތެރިކަން މިއަހަރު 19 ޕަސެންޓު އަދި އަންނަ އަހަރު 14 ޕަސެންޓު އިތުރުވި ނަމަވެސް އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 107 އިންސައްތައަށް ވެއްޓޭނީ 2024ގައެވެ. މިހާރު މި އަދަދު ހުރީ 117 އިންސައްތައިގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!