ހުޅުމާލޭގައި ޑްރައިވިން ޓްރެކެއް ހެދުމަށް ބޭނުންވާ ތަކެތި މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ޓްރާންސްޕޯޓް މިނިސްޓްރީއާއި ހަވާލުކޮށްފިއެވެ.
މިއަދު ޓްރާންސްޕޯޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަައި މި ތަކެތި މިނިސްޓްރީއާ ހަވާލު ކުރެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއެވެ. އަދި މިނިސްޓްރީގެ ފަރާތުން މިތަކެއްޗާ ހަވާލުވެވަޑައިގަތީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ.
މި ޓްރެކަކީ ދުއްވަން ދަސްކުރާ މީހުންނަށް ހާއްސަ ކޮށްގެން ޓްރާންސްޕޯޓް މިނިސްޓްރީން އަޅާ ޓްރެކެކެވެ. މިފަދަ ކަންކަމުގައި އަބަދުވެސް އެމްޑަބްލިއުއެސްސީންއެހީތެރިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޑަބްލިއުއެސްސީ އިން މިތަކެތި ހަދިޔާ ކުރީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ.
Managing Director @hassanshaahu meets with Minister of Transport & Civil Aviation, honorable @aishath_nahula to handover materials for the development of Hulhumalè Driving Track under MWSC’s CSR initiative. pic.twitter.com/2owzV4VVsL
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) August 18, 2021
އެ ކުންފުނިން އިޖުތިމާއީ ޒިންމާގެ ދަށުން ރައްޔިތުންނަށް ފައިދާވާ ތަފާތު އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއެވެ. އެގޮތުން ޖަމިއްޔާތަކަށް އެހީވުމާއި ލޭ ހަދިޔާކުރުމާއި ފެން ބޭނުންވާ ރަށްތަކަށް ހިލެ ފެން ފޯރުކޮށްދިނުން ވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!