ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ އޮފީސް އަނެއްކާވެސް ފަޅާލައިފިއެވެ.

ފުލުހުން ބުނީ، އާރުޑީސީގެ އޮފީސް ފަޅާލައި ވައްކަން ކޮށްފައިވާ މައްސަލައެއް މިއަދު ހެނދުނު 7:48 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި މިހާރު ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް ބުންޏެވެ.

Ad
rt

އާރުޑީސީ އޮފީސް ފަޅާލި ކަން ފުލުހުން ބުނި ނަމަވެސް އިތުރު ތަފްސީލެއް ދީފައި ނުވެއެވެ.

އެނގިފައިވާ ގޮތުގައި އޮފީސް ފަޅާލުމުގައި ބައިބެރިވީ އެންމެ މީހެކެވެ. އޭނާ އޮފީސް ފަޅާލީ ސީލިން ނައްޓާލުމަށްފަހު ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިދިޔަ އޭޕްރިލް މަހުގެ ތެރޭގައިވެސް އާރުޑީސީގެ އޮފީސް ފަޅާލިއެވެ. އެ ފަހަރު، ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަނީ ވަގަށް ނަގައިފައެވެ. އެ މައްސަލައާ ގުޅިގެން ތިން މީހަކުހައްޔަރު ކުރިއެވެ.