Skip to main content

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,046 Stories
2,337 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

އޮމިކްރޯންގެ ދެ ކޭސް އިންޑިއާއިން ފެނިއްޖެ
International

އޮމިކްރޯންގެ ދެ ކޭސް އިންޑިއާއިން ފެނިއްޖެ

ކޯވިޑް-19ގެ އެންމެ ފަހުން ފެނުނު ވޭރިއަންޓް، އޮމިކްރޯން ގެ ދެ ކޭސް އިންޑިއާއިން ފެނިއްޖެއެވެ. އެ ގައުމުގެ ހެލްތު މިނިސްޓްރީން ވަނީ މިއަދު މިކަން ކަށަވަރު ކޮށްދީފައެވެ. އެ މިނިސްޓްރީން ބުނިގޮތުގައި ދެ ކޭސވެސް ފެނުނީ ކަރްނާޓަކާއިންނެވެ. އޮމިކްރޯން ފެނުނު ދެ މީހުންގެ ވެސް ހާލު ރަނގަޅު ކަމަށް އެ ގައުމުން ބުނެއެވެ. ކޯވިޑް ގެ ނުރައްކާތެރި ވޭރިއަންޓެއް ކަމަށްވާ އޮމްނިކޮރޮން އެންމެ ފުރަތަމަ ފެނުނީ މިދިޔަ މަހުގެ 24 ގައި ދެކުނު އެފްރިކާގެ ސަރަހައްދުންނެވެ. އޮމިކްރޯން […]

އިސްރާއީލުގެ ބޮޑުވަޒީރު ރާއްޖޭގައި
Business

އިސްރާއީލުގެ ބޮޑުވަޒީރު ރާއްޖޭގައި

އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ރާއްޖެ އަތުވެއްޖެއެވެ. ނަފްތަލީ ރާއްޖެ އައީ ނުރަސްމީ ދަތުރެއްގައި ރޭގެ ވަގުތެއްގަ އެވެ. އޭނާ އައީ ޗުއްޓީ ހޭދަ ކުރުމަށް ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. އިސްރާއީލުގެ މީޑިއާތަކުގައި ހާމަ ކޮށްފައިވާ ގޮތުގައި ނަފްތަލީ އައީ އާއިލާއާއެކުގައެވެ. އެގޮތުން އޭނާ ފުރަތަމަ ރޭވީ މޮރިޝަސްއަށް ދާން ކަމަށާއި ނަމަވެސް ކޯވިޑުގެ އާ ވެރިއަންޓާއެކު އިސްރާއިލުން އެ ގައުމަށް ދަތުރު ކުރުން މަނާ ކުރުމުން ދަތުރު ރާއްޖެއަށް ދަތުރު ބަދަލު ކުރީ ކަމަށް […]

ތަކަންދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފި
Business

ތަކަންދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފި

ހއ. ތަކަންދޫގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފެން ކުންފުނި، އެމްޑަބްލިއުއެސްސީ އިން ފަށައިފިއެވެ. ތަކަންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި ހއ. އަތޮޅު ކައުންސިލް ރައީސް މުސާ ޝަފީގު އާއި ތަކަންދޫ ކައުންސިލްގެ ރައީސް ހުސައިން ނައީމެވެ. މި މަޝްރޫއުގެ ދަށުން ނަރުދަމާ ނިޒާމު ގާއިމް ކުރަން ބޭނުންވާ ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި ފެން […]

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި އެމްޑަބްލިއުއެސްސީން ބައިވެރިވެއްޖެ
Business

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި އެމްޑަބްލިއުއެސްސީން ބައިވެރިވެއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ބައިވެެރިވެއްޖެއެވެ. މިއަދު އެމްޑަބްލިއުއެސްސީ ކަސްޓަމާ ސާވިސް އިމާރާތުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމުގެ ދަށުން ޒުވާނުން ތަމްރީނު ކުރުމަށް އެމްޑަބްލިްުއެސްސީއާ ޔޫތު މިނިސްޓްރީއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.އެމްޑަބްލިއުއެސްސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. އަދި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސެއިން އި...

އައިޖީއެމްއެޗް އެޕުން އެޕޮއިންޓްމަންޓް ހެއްދޭނެ
Business

އައިޖީއެމްއެޗް އެޕުން އެޕޮއިންޓްމަންޓް ހެއްދޭނެ

އައިޖީއެމްއެޗުގައި ޑޮކްޓަރަށް ދައްކަން އެ ހޮސްޕިޓަލުގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދޭ ގޮތް ހަދައިފިއެވެ. އެ އެޕް ޑައުންލޯޑް ކުރުމަށްފަހު އައިޑީ ކާޑު ނަންބަރު ނުވަތަ ޑޮކްޓަރު ދޭ މެޑިކަލް ރެކޯޑުގެ ނަންބަރު ޖަހައިގެން ލޮގިން ކުރެވޭނެއެވެ. ލޮގިން ވުމަށްފަހު އެޕޮއިންޓްމަންޓަށް ހާއްސަ ބައިން އެޕޮއިންޓަމަންޓަށް އެދެވޭނެއެވެ. އަދި ކުރިން ހައްދާފައި ހުރި އެޕޮއިންޓްމަންޓުތައް ވެސް ބަލާލެވޭނެއެވެ. މީގެ އިތުރުން މެޑިކަލް ރެކޯޑާއި ބިލުތަކާއި ރަސީދުތައްވެސް މި އެޕުން ބަލާލެވޭނެއެވެ...

އުރީދޫ އިން ޓިކްޓޮކް އަދި ޔޫޓިއުބަށް ހާއްސަ ޕެކޭޖުތަކެއް
Business

އުރީދޫ އިން ޓިކްޓޮކް އަދި ޔޫޓިއުބަށް ހާއްސަ ޕެކޭޖުތަކެއް

އުރީދޫ މޯލްޑިވްސް އިން ޓިކްޓޮކް އާއި ޔޫޓިއުބަށް ހާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފިއެވެ. ދިހަ ރުފިޔާ އިން ފެށިގެން 250ރ. އާ ހަމައަށް ބޮޑެތި އެލަވެންސްތަކެއް ލިބޭ މި ޕެކޭޖުތަކުގެ ތެރޭގައި އަވާލީ އާއި ކޮންމެ ޑެއިލީ އާއި ވީކްޅި އާއި މަންތުލީ ޕެކޭޖުތައް ހިމެނެއެވެ. އުރީދޫ އިން ތައާރަފު ކުރި ޕެކޭޖުތައް ޓިކްޓޮކް އަދި ޔޫޓިއުބް އަވާލީ ޕްލޭން: 2ޖީބީ، 10ރ. ޓިކްޓޮކް އަދި ޔޫޓިއުބް ޑެއިލީ ޕްލޭން: 20ޖީބީ، 20ރ. ޓިކްޓޮކް އަދި ޔޫޓިއުބް ވީކްލީ […]

ތިމާވެއްޓާ ރައްޓެހި މިނީ ބަސް ގެނެސް، ޗާޖިން ސްޓޭޝަން ގާއިމް ކުރަނީ
Business

ތިމާވެއްޓާ ރައްޓެހި މިނީ ބަސް ގެނެސް، ޗާޖިން ސްޓޭޝަން ގާއިމް ކުރަނީ

ތިމާވެއްޓާ ރައްޓެހި މިނީ ބަސް ރާއްޖެ ގެނެސް އެ ބަސް ޗާޖު ކުރަން ޗާޖިން ސްޓޭޝަން ގާއިމްކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޓްރާންސްޕޯޓު މިނިސްޓްރީއާ ދެމެދި އެއްބަސްވެއްޖެއެވެ. މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އައިމިނަތު ޝައުނާއެވެ. އަދި ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުބް ސޮއި ކުރެއްވީ މިނިސްޓަރު އައިޝަތު ނަހުލާއެވެ. މި އެއްބަސްވުމާ ގުޅޭގޮތުން ޝައުނާ ވިދާޅުވީ ގްލޯބަލް އެންވަޔަރ...

ހިޔާ ސަރަހައްދުގައި އެމްޑަބްލިއުއެސްސީގެ ހެލްޕް ޑެސްކެއް
Business

ހިޔާ ސަރަހައްދުގައި އެމްޑަބްލިއުއެސްސީގެ ހެލްޕް ޑެސްކެއް

ހިޔާ ފްލެޓުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ފެން ބިލުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ފެން ކުންފުނި، އެމްޑަބްލިޔުއެސްސީ އިން އެ ސަރަހައްދުގައި ހެލްޕް ޑެސްކެއް ބަހައްޓައިފިއެވެ. މިއަދު ބެހެއްޓި މި ޑެސްކު ހުންނާނީ ހިޔާގެ 13 ވަނަ ޓަވަރުގައެވެ. އެމްޑަބްލިއުއެސްސީން ބުނީ ފެން ބިލުތަކާ ގުޅޭގޮތުން ކަސްޓަމަރުން އޮޅުންފިލުވަން ބޭނުންވާ މައުލޫމާތު އެ ހެލްޕް ޑެސްކުން ލިބޭނެ ކަމަށެވެ. އަދި ފްލެޓުތަކުގެ ފެން މީޓަރު ރަޖިސްޓާ ކުރުމާއި، އެމްޑަބްލިއުއެސްސީގެ ލީނިއަންސީ ޕޮލިސީ މެދުވެރިކޮށް މަސް މަހަށް ބަހާލައިގެ...

ގާދިއްފުށީ ނަރުދަމާ ހޮޅި ވަޅުލަން ފަށައިފި
Business

ގާދިއްފުށީ ނަރުދަމާ ހޮޅި ވަޅުލަން ފަށައިފި

ތ. ގާދިއްފުށި ފެނާއި ނަރުދަމާ މަޝްރޫއުގެ ދަށުން، ނަރުދަމާ ހޮޅިވަޅުލުމުގެ މަސައްކަތް ފަށައިފިއެވެ. އެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަޝްރޫއުގެ މަސައްކަތް އެ ކުންފުނިން ފެށީ މިއަހަރުގެ މާޗު މަހުގެ 29ގައެވެ. މި މަޝްރޫއުގެ ދަށުން ހޮޅިވަޅުލުމުގެ މަސައްކަތް އިއްޔެ ފަށާފައިވާއިރު އާރުއޯ ޕްލާންޓް އެޑްމިން އިމާރާތުގެ މަސައްކަތުގެ 57 އިންސައްތަ މިހާތަނަށް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 4070 މީޓަރު...

390 ފޫޓު ބޮޑު ގިނިހިލައެއް މިރޭ ދުނިޔެ ކައިރިން ދާނެ
Business

390 ފޫޓު ބޮޑު ގިނިހިލައެއް މިރޭ ދުނިޔެ ކައިރިން ދާނެ

390 ފޫޓު ބޮޑު ގިނިހިލައެއް މިރޭ ދުނިޔެ ކައިރިން ދާނެ ކަމަށް ނާސާއިން ބުނެފިއެވެ. ފުޓްބޯޅަ ދަނޑަކަށް ވުރެއް 30 ފޫޓު ބޮޑު، މި ގިނިހިލަ މިރޭ ދުނިޔޭގެ ބައެއް ސަރަހައްދުތަކަށް ޓެލެސްކޯޕް ފަދަ އާލާތްތައް މެދުވެރިކޮން ފެންނާނެއެވެ. މިއީ 1994 ވަނަ އަހަރުވެސް ދުނިޔެއާ ކައިރިން ދަތުރު ކޮށްފައިވާ ގިނިހިލައެކެވެ. 1994 ޑަބްލިއުއާރު 12 ގެ ނަމުން ނަން ދީފައިވާ މި ގިނިހިލައި އެންމެ ފުރަތަމަ ފެނުނީ 1994 ގައި އެސްޓްރޯނަމަރެއް ކަމަށްވާ ކުރޮލިން ޝޫމޭކާއަށް ކެލިފޯނިއާ ސަރަހައްދުންނެވެ. މިއަހަރު މި ގިނިހިލައިގެ […]

ބުރުނީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި
Business

ބުރުނީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި

ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މިހާރު ކުރިއަށްދަނީ ގިރާ ސަރަހައްދު ހިމާޔަތް ކުރަން ބޭނުންވާ ވެލި ނެގުމަށްޓަކައި ކޮނުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 21,181.80 ކިއުބިކް މީޓަރުގެ ވެލި ގިރާ ސަރަހައްދަށް އަޅާނެއެވެ. އަދި ރިވެޓްމެންޓް ޖެހުމާއި، ބޭރުތޮށި ލުމުގެ މަސައްކަތް ވެސް ކުރާނެއެވެ. ތ. ބުރުނީ […]

ކުޅުދުއްފުށި އޮޑި އެހެލާ ސަރަހައްދުގެ އެއްގަމު ތޮށި މަރާމާތު ކުރަން އެމްޓީސީސީގެ އެހީ
Thiladhunmathi News

ކުޅުދުއްފުށި އޮޑި އެހެލާ ސަރަހައްދުގެ އެއްގަމު ތޮށި މަރާމާތު ކުރަން އެމްޓީސީސީގެ އެހީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އެހީއާއެކު ކުޅުދުއްފުށި ސިޓީ އޮޑި އެހެލާ ސަރަހައްދުގެ ދެކުނު އެއްގަމު ތޮށި މަރާމާތުކޮށް ތަރުތީބު ކުރުމުގެ މަސައްކަތް އެ ސިޓީ ކައުންސިލް އިން ފަށައިފިއެވެ. ސިޓީ ކައުންސިލުން ވަނީ މި މަސައްކަތް ކުރިއަށްދާ ވަގުތު އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ގޮތުން އިތުރަށް ސަމާލުވާން އެދިފައެވެ. ކުޅުދުއްފުށި ސިޓީގެ އޮޑިއެހެލާ ސަރަހައްދުގެ ދެކުނު އެއްގަމު ތޮށި މަރާމާތުކޮށް ތަރުތީބު ކުރުމުގެ މަސައްކަތް ކުޅުދުއްފުށި ސިޓީ...

ހޯރަފުއްޓަށް ކުރާ ދަތުރުތައް އިތުރު ކުރަން މަޝްވަރާ ކުރިއަަށް އެބަދޭ: ނަހުލާ
Thiladhunmathi News

ހޯރަފުއްޓަށް ކުރާ ދަތުރުތައް އިތުރު ކުރަން މަޝްވަރާ ކުރިއަަށް އެބަދޭ: ނަހުލާ

ހއ. ހޯރަފުށީ އެއާޕޯޓަށް ކުރާ ދަތުރުތައް އިތުރުކުރުމާމެދު ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. ނަހުލާ މިހެން ވިދާޅުވީ ހޯރަފުށީ އެއާޕޯޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން، އެ އެއާޕޯޓަށް ކުރާ ދަތުރުތައް މަދުވުމާއި، ޖާގަ ހޯދުމުގައި ހުރި ކަންބޮޑުވުންތައް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މިނިސްޓަރު ނަ...

އެސްޓީއޯ މެދިވެރިކޮށް ގެނައި އެމްބިއުލާންސްގެ ދެވަނަ ޝިޕްމަންޓް ކްލިއާ ކޮށްފި
Business

އެސްޓީއޯ މެދިވެރިކޮށް ގެނައި އެމްބިއުލާންސްގެ ދެވަނަ ޝިޕްމަންޓް ކްލިއާ ކޮށްފި

އެސްޓީއޯ މެދުވެރިކޮށް ހެލްތު މިނިސްޓްރީން ގެނައި 20 އެމްބިއުލާންސްގެ ދެވަނަ ޝިޕްމަންޓް ކްލިއާ ކޮށްފިއެވެ. އެސްޓީއޯއިން ބުނިގޮތުގައި މި ޝިޕްމަންޓް ކްލިއާ ކޮށްފައިވަނީ މިއަދުއެވެ. މިހާރު އެމްބިއުލާންސްތައް ވަނީ އެސްޓީއޯއަށް ގެންގޮސްފައެވެ. ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ނިމުމުން އެމްބިއުލާންސްތައް ރަށްރަށަށް ފޮނުވަން ފަށާނެ ކަމަށެވެ. https://twitter.com/stoplc/status/1465292932169166849?t=XZ7jIF73QTnG58Wzhz8S_g&s=19 މި އެމްބިއުލާންސްގެ ފުރަތަމަ ޝިޕ...

މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް އެމްޓީސީސީ
Business

މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް އެމްޓީސީސީ

“މޯލްޑިވްސް މެރިން އެކްސްޕޯ 2021″ ގެ މެއިން ސްޕޮންސަރަކަށް އެމްޓީސީސީ ހަމަޖައްސައި މިއަދު ސޮއިކޮށްފިއެވެ. ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މޯލްޑިވްސް މެރިން އެކްސްޕޯގެ ފަރާތުން ސޮއިކުރެއްވީ އިވެންޓް މެނޭޖަރު ޝާމް މުހައްމަދު އެވެ. މެރިން އެކްސްޕޯއަކީ 2014 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ބޯޓިންގް އެސޯސިއޭޝަންއިން މެރިން ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ އެކ...