އެސްޓީއޯ މެދުވެރިކޮށް ހެލްތު މިނިސްޓްރީން ގެނައި 20 އެމްބިއުލާންސްގެ ދެވަނަ ޝިޕްމަންޓް ކްލިއާ ކޮށްފިއެވެ.

އެސްޓީއޯއިން ބުނިގޮތުގައި މި ޝިޕްމަންޓް ކްލިއާ ކޮށްފައިވަނީ މިއަދުއެވެ. މިހާރު އެމްބިއުލާންސްތައް ވަނީ އެސްޓީއޯއަށް ގެންގޮސްފައެވެ.

Ad
rt

ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ނިމުމުން އެމްބިއުލާންސްތައް ރަށްރަށަށް ފޮނުވަން ފަށާނެ ކަމަށެވެ.

މި އެމްބިއުލާންސްގެ ފުރަތަމަ ޝިޕްމަންޓުގައި ގެނައި އެމްބިއުލާންސް މިހާރުވަނީ ރަށްތަކަަށް ގެންގޮސްފައެވެ.

މިއީ ރަށްރަށުގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ހިންގާ ޕްރޮޖެކްޓެކެވެ.