390 ފޫޓު ބޮޑު ގިނިހިލައެއް މިރޭ ދުނިޔެ ކައިރިން ދާނެ ކަމަށް ނާސާއިން ބުނެފިއެވެ.

ފުޓްބޯޅަ ދަނޑަކަށް ވުރެއް 30 ފޫޓު ބޮޑު، މި ގިނިހިލަ މިރޭ ދުނިޔޭގެ ބައެއް ސަރަހައްދުތަކަށް ޓެލެސްކޯޕް ފަދަ އާލާތްތައް މެދުވެރިކޮން ފެންނާނެއެވެ. މިއީ 1994 ވަނަ އަހަރުވެސް ދުނިޔެއާ ކައިރިން ދަތުރު ކޮށްފައިވާ ގިނިހިލައެކެވެ.

Ad
rt

1994 ޑަބްލިއުއާރު 12 ގެ ނަމުން ނަން ދީފައިވާ މި ގިނިހިލައި އެންމެ ފުރަތަމަ ފެނުނީ 1994 ގައި އެސްޓްރޯނަމަރެއް ކަމަށްވާ ކުރޮލިން ޝޫމޭކާއަށް ކެލިފޯނިއާ ސަރަހައްދުންނެވެ.

މިއަހަރު މި ގިނިހިލައިގެ ސަބަބުން ދުނިޔެއަށް ގެއްލުމެއް ނުވި ނަމަވެސް ކުރިއަށް އޮތް 100 އަހަރުގެ ތެރޭ މި ގިނިހިލައިން ދުނިޔެއަށް ގެއްލުން ވާނެ ކަމަށް ނާސާގެ ދިރާސާތަކުން ވަނީ ދައްކައިފައެވެ.

ދިރާސާތަކުން ދައްކާގޮތުގައި މި ގިނިހިލަ މިރޭ ދަތުރު ކުރާނީ ދުނިޔެއާއި 3.8 މިލިޔަން މޭލު ކައިރިންނެވެ. 2046 އާ ޖެހެންދެެން އެއަށްވުރެ ކައިރިވާނެ ކަމަށް ދިރާސާތަކުން ނުދައްކައެވެ.

މިއަހަރުގެ ކުރިއަށް އޮތް މަހު އިތުރު ގިނިހިލަތަކެއްވެސް ދުނިޔެއާ ކައިރިން ދަތުރު ކުރާނެއެވެ. އެގޮތުން ޑިސެމްބަރު 11، 17، 24 އަދި 29 ގައި ގިނިހިލަތަކެއް ފެންނާނެ ކަމަށް ނާސާއިން ބުނެއެވެ.